ބިމާއިބެހޭ ޤާނޫނު އޮތްގޮތުން މިނިސްޓްރީއަކަށް ގޯއްޗެއް ނުދެވޭނެކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ޕީޖީ މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ މާލެ ސަރަހައްދުން މާލޭ މީހުންނަށް ގޯތި ދިނުމަށް ނިންމައި، ގޯތި ލިބޭ މީހުންގެ ލިސްޓުވެސް ސަރުކާރުން ނެރެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރުން ވަނީ 5000 ގޯތި ދޭނެ ފަރާތްތައް ކަނޑައަޅާފައެވެ. އަދި އެ ގޯތި ދިނުމަށް ވާންޖެހޭ ތައްޔާރިތައްވެސް ސަރުކާރުން އަންނަނީ ވަމުންނެވެ.
މާލެއިން ގޯތި ދޭން ކުރާ މަސައްކަތާއި ގުޅޭގޮތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު، ވަނީ ބިމާއި ބެހޭ ޤާނޫނުގެ 10 ވަނަ މާއްދާ އޮތް ގޮތުން ގޯތި ދިނުމުގެ މަސައްކަތުގައި އޮތް ޤާނޫނީ މައްސަލައެއް ފާހަގަކުރައްވާފައެވެ.
ބިމާއިބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގައި އޮންނަނީ ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އާއްމުކޮށް ޝާޢިއުކުރާ އުސޫލުތަކާއި ކަމާބެހޭ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންކަމަށެވެ.
މުއިއްޒު ވިދާޅުވީ ބިމާއިބެހޭ ޤާނޫނު އޮތްގޮތުން ހައުސިންގ މިނިސްޓްރީން މާލެ ސަރަހައްދުން ގޯތި ދެވޭނެ ހަމައެއް ނެތްކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު ވާހަކަތަކެއް އޭނާ ނުދައްކަވައެވެ.
މާލެއިން ގޯތި ދިނުމާއިމެދު މީގެކުރިން އެއްވެސް ބަޔަކު ޤާނޫނީ މައްސަލަތަކެއް ފާހަގަކޮށްފައެއް ނުވެއެވެ. އެކި މީހުން މުޅިންވެސް ފާހަގަކުރީ އެކަމުގައި ނާ އިންސާފުން އަމަލުރިކަމަށާއި، ވަކި ބަޔަކަށް އިސްކަން ދިނުމުގެ ޝަކުވާއެވެ.

Mi maadhdhaa bimaa behey gaanoonu ga ovvaa housing ministry in goathi dhookurveyne hamaeh neiy @presidencymv https://t.co/XhH1qkN4CK pic.twitter.com/5X19ouVgRB
— Ahmed Muizzu (@AhmedMuizzu) July 3, 2023
މުއިއްޒު ވިދާޅުވީ ބިމާއިބެހޭ ޤާނޫނު އޮތްގޮތުން ހައުސިންގ މިނިސްޓްރީން މާލެ ސަރަހައްދުން ގޯތި ދެވޭނެ ހަމައެއް ނެތްކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު ވާހަކަތަކެއް އޭނާ ނުދައްކަވައެވެ.
މާލެއިން ގޯތި ދިނުމާއިމެދު މީގެކުރިން އެއްވެސް ބަޔަކު ޤާނޫނީ މައްސަލަތަކެއް ފާހަގަކޮށްފައެއް ނުވެއެވެ. އެކި މީހުން މުޅިންވެސް ފާހަގަކުރީ އެކަމުގައި ނާ އިންސާފުން އަމަލުރިކަމަށާއި، ވަކި ބަޔަކަށް އިސްކަން ދިނުމުގެ ޝަކުވާއެވެ.
ކިޔުންތެރިންގެ ހިޔާލު