ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެކަމާމެދު ރައްޔިތުން ޝައްކު ނުކުރައްވާނެކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ސައުދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކެމްޕެއިނާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމް އިބްރާހިމަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި މައިގަނޑު 14 ވައުދެއް ރައްޔިތުންނަށް ވެވަޑައިގެންފައިވާކަމަށެވެ. އެގޮތުން ޒުވާނުންނާއި އަންހެނުންނާއި ދަރިވަރުންނާއި ދޮށީ އުމުރުގެ ބޭފުޅުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެންވެސް މެނިފެސްޓޯގައި ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ.
ދޮށީ އުމުރުގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެެއްވާ އެލަވަންސް ބޮޑުކުރުމުގެ އިތުރުން، ޒުވާނުންގެ ކުރިމަގަށް ތަފާތު އެތައް ކަމެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ތައާރަފްކުރައްވާނެކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން ޒުވާން މިލިއަނަރުން އުފެއްދުމަށް ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ތަނަވަސްކަންކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވައުދުތަކުގައި ހިމަނާފައިވާކަމަށެވެ.
ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަފްސީލީ މެނިފެސްޓޯ ނެރުމުން މިކަންކަމުގެ އިތުރު ތަފްސީލްތައްވެސް ރައްޔިތުންނަށް އެނގިގެންދާނެކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ގާސިމް ކޮށްދެއްވާނެކަމާއިމެދު ރައްޔިތުން ޝައްކު ނުކުރައްވާނެކަމަށްވެސް ސައުދު ވިދާޅުވިއެވެ.
"ކަންކަން ކުރައްވާނެ ގޮތުގެ ފޯމިއުލާ ގާސިމް އަތްޕުޅުގައި އެބައޮތްކަން ރައްޔިތުން ޤަބޫލުކުރޭ. އެތައް ދާއިރާއަކުން މީހުން ވަނީ ބިނާކޮށްފައި. އެހެންވީމަ ގާސިމް އިބްރާހިމް ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވާ ހިސާބުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮވޭ." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުން ޖުމްހޫރީ ޕާޓީގެ ފިކުރު ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ފެންނަމުންދާކަމަށެވެ. އަދި މިވަގުތު ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން ގާސިމް ފިޔަވައި ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދެވޭނެ ބޭފުޅެއް ނެތްކަމަށް ރައްޔިތުން ޤަބޫލުކުރާކަންވެސް ކެމްޕެއިން ދަތުރުތަކުން ހާމަވަމުންދާކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެއްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށްވެސް އޮންނާނެކަމަށާއި، އެއްވެސް ހުރަހެއް ނެތި ސިޔާސީ ގޮތުން ކުރިއަށްދިއުމުގެ ފުރުސަތު ޖޭޕީގައި އެބައޮތްކަމަށެވެ. އަދި އެކަމާއި ގުޅިގެންވެސް ގިނަ ބަޔަކު ޖޭޕީއާ ގުޅެމުންދާކަން ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ޕާޓީގެ ހަރަކާތްތައް ކުރިއަށްދާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާ މަންޒަރު ފެނިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު