ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕެއިން ޕްރޮމޯޓްކުރާ ނަމެއްގެ ގޮތުގައި "އުފާވެރި އަމާންރާއްޖެ" ބޭނުންކުރަން ފަށައިފިއެވެ.
"އުފާވެރި އަމާންރާއްޖެ" ނަމުގައި ކެމްޕެއިން ސްލޯގަނެއް ބޭނުންކުރަން ރައީސް ސާލިހުގެ ކެމްޕެއިން ޓީމުގެ މެމްބަރުން ފަށާފައިވީނަމަވެސް މިއީ ރަސްމީކޮށް ބޭނުންކުރާނެ ނަމެއްތޯ ނުވަތަ ނޫންތޯ ޔަގީނެއް ނޫނެވެ.
މިއީ ރަސްމީކޮށް ބޭނުންކުރާ ސްލޯގަންކަން ޔަގީންނުވިޔަސް، ރައީސް ސާލިހުގެ އެންމެ އަރިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ މި ސްލޯގަން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި މިހާރު ބޭނުންކުރަމުންނެވެ. އަދި އިއްޔެ ބޭއްވި ގުޅިފަޅު ބިން ހިއްކުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންވެސް ރައީސް ސާލިހު ވަނީ މި ސްލޯގަން ބޭނުންކުރައްވާފައެެވެ.
އެމްޑީޕީގެ މެމްބަރުންގެ އިތުރުން، އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ބޭފުޅުންވެސް ދަނީ މި ސްލޯގަން ބޭނުންކުރަމުންނެވެ.
އެމްޑީޕީން މީގެކުރިން ބުނެފައި ވަނީ އީދު ބަންދަށްފަހު ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށްޓަވާނެކަމަށެވެ. ނަމަވެސް ކެމްޕެއިން ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން މާބޮޑު ތަފްސީލްތަކެއް އެމްޑީޕީން އަދި ހާމައެއް ނުކުރެއެވެ.
އެމްޑީޕީއަކީ އިންތިހާބުތަކުގެ ކެމްޕެއިންތަކަށް ތަފާތު ސްލޯގަންތަކެއް ބޭނުންކުރާ ޕާޓީއެކެވެ. މިގޮތުން އަނެއް ދިވެހިރާއްޖެ، އަނެއް ދިވެހިރާއްޖެ ރަށަށް، ޖަޒީރާ ރާއްޖެ، ރަށްވެހި ފަތިސް، އަދި އެޖެންޑާ 19 އަކީ އެމްޑީޕީން މީގެކުރިން ބޭނުންކޮށްފައިވާ ސްލޯގަންތަކެވެ.

#NewProfilePic pic.twitter.com/Mk9PmbgWF5
— Fayyaz Ismail (@faya_i) July 2, 2023
މިއީ ރަސްމީކޮށް ބޭނުންކުރާ ސްލޯގަންކަން ޔަގީންނުވިޔަސް، ރައީސް ސާލިހުގެ އެންމެ އަރިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ މި ސްލޯގަން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި މިހާރު ބޭނުންކުރަމުންނެވެ. އަދި އިއްޔެ ބޭއްވި ގުޅިފަޅު ބިން ހިއްކުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންވެސް ރައީސް ސާލިހު ވަނީ މި ސްލޯގަން ބޭނުންކުރައްވާފައެެވެ.
އެމްޑީޕީގެ މެމްބަރުންގެ އިތުރުން، އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ބޭފުޅުންވެސް ދަނީ މި ސްލޯގަން ބޭނުންކުރަމުންނެވެ.
އުފާވެރި އަމާން ރާއްޖެ #ibu2023
— Dr.Mohamed Iyaz (@dr_iyaz) July 3, 2023
އިންޝާﷲ. pic.twitter.com/0z43ZOhy7u
އެމްޑީޕީން މީގެކުރިން ބުނެފައި ވަނީ އީދު ބަންދަށްފަހު ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށްޓަވާނެކަމަށެވެ. ނަމަވެސް ކެމްޕެއިން ކުރިއަށްގެންދާނެ ގޮތަކާއި ގުޅޭގޮތުން މާބޮޑު ތަފްސީލްތަކެއް އެމްޑީޕީން އަދި ހާމައެއް ނުކުރެއެވެ.
އެމްޑީޕީއަކީ އިންތިހާބުތަކުގެ ކެމްޕެއިންތަކަށް ތަފާތު ސްލޯގަންތަކެއް ބޭނުންކުރާ ޕާޓީއެކެވެ. މިގޮތުން އަނެއް ދިވެހިރާއްޖެ، އަނެއް ދިވެހިރާއްޖެ ރަށަށް، ޖަޒީރާ ރާއްޖެ، ރަށްވެހި ފަތިސް، އަދި އެޖެންޑާ 19 އަކީ އެމްޑީޕީން މީގެކުރިން ބޭނުންކޮށްފައިވާ ސްލޯގަންތަކެވެ.
ކިޔުންތެރިންގެ ހިޔާލު