ދިވެހިންނަށް ބޭނުންވަނީ އެންމެ ހެޔޮ ބަދަލެއްކަމަށާއި، އެ ހެޔޮ ބަދަލަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ތާއީދު ހޯދުމަށް މިހާރު ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ރ.އަތޮޅަށް މިހާރު ކުރާ ކެމްޕެއިން ދަތުރާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ހައިލަމް ވިދާޅުވީ ބ. އަދި ރ. އަތޮޅުގެ ގިނަ ރައްޔިތުން މިފަހަރު ބަދަލެއް ބޭނުންވާކަމަށް ބުނަމުންދާކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޙައްޤުވަނީ އެންމެ ހެޔޮ ބަދަލުކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ ދިވެހިންނަށް ލިބޭނެ އެންމެ ހެޔޮ ބަދަލަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްކަމަށެވެ.
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއަށް ތާއިދު ހޯދުމަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ރ. އަތޮޅާއި ބ. އަތޮޅަށް ކުރާ ދަތުރުގައި އިސްކޮށް ހުންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއެވެ.
ބ އަތޮޅާއި ރ.އަަތޮޅުގެ އިތުރުން ހއ އަދި އއ.އަތޮޅުގެ ބައެއް ރަށްތަކާއި މާލޭއާއި އެހެން ބައެއް ސަަރަހައްދުތަކުގައިވެސް ޖުމްހޫރީ ޕާޓީން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަވަމުންނެވެ.
ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ބ. އަދި ރ. އަތޮޅުގެ ގިނަ ރައްޔިތުން ވިދާޅުވަނީ މިފަހަރު ބަދަލެއް ބޭނުންވާކަމަށް.
— Ahmed Hailam (@AhmedHailam) July 3, 2023
ދިވެހި ރައްޔިތުންނަށް ޙައްޤުވަނީ އެންމެ ހެޔޮ ބަދަލު.
އެ ބަދަލަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު @qasimibrahim އަށް… pic.twitter.com/RDNzmUGG9f
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއަށް ތާއިދު ހޯދުމަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ރ. އަތޮޅާއި ބ. އަތޮޅަށް ކުރާ ދަތުރުގައި އިސްކޮށް ހުންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއެވެ.
ބ އަތޮޅާއި ރ.އަަތޮޅުގެ އިތުރުން ހއ އަދި އއ.އަތޮޅުގެ ބައެއް ރަށްތަކާއި މާލޭއާއި އެހެން ބައެއް ސަަރަހައްދުތަކުގައިވެސް ޖުމްހޫރީ ޕާޓީން ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަވަމުންނެވެ.
ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު