ރައްޔިތުންގެ ފައިސާއިން މީޑިއާތަކަށް ފައިސާ ބަހާކަމަށާއި، އެ ފައިސާގެ ބޭނުންކޮށްގެން މީޑިއާތަކުން ސަރުކާރު ބޭނުންވާ ގޮތަށް ހަބަރުތައް ގެންނަކަމަށް ތުހުމަތު ކުރައްވައި ދެއްކެވި ވާހަކައަކީ "ހެޔޮހިތުން" ކުރެއްވިކަމެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ގިނަ އާންމުންނާއި މީޑިއާތަކުން ފާޑު ކިޔުން އޭނާއަށް އަމާޒުވުމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ޕީޕީއެމާއެކު ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އަމްރު ވަނީ އެއީ މީީޑިއާތަކަށް ފައިސާދީގެން ސަރުކާރުން ކުރުވާކަމެއްގެ ގޮތުގައި ނުވަތަ އާދައިގެ ބަހުން ދަންނަވާނަމަ ރިޝްވަތު ނަގައިގެން ނޫސްވެރިން ކުރާ ސުވާލުތަކެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ.
އަމްރުގެ މި ތުހުމަތާއި ގުޅިގެން އާއްމުންގެ ގިނަ ބަޔަކާއި، ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާންވެސް ނެރެފައެވެ.
މީޑިއާ ކުރިމަތީގައި ދެއްކެވި ވާހަކަތައް "އަތަށް ގޮވުމުން" އަމްރު ވަނީ ސިޔާސީ އެހެން ބޭފުޅުންނެކޭ އެއްގޮތަށް އެކަމުގައި މަތި އެޅުމަށް ވާޙަކަަތަކެއް ދައްކަވާފައެވެ. ނަމަވެސް އަމްރު މީޑިއާތަކަށް ކުރެއްވި ތުހުމަތަށް މަޢާފަށް އެދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ މިއަދު ވަނީ އެކަން ދިފާއުކުރަށްވައިފައެވެ.
އަމްރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕްރެސް ކޮންފެރެންސްގައި އޭނާ މީޑިއާތަކަށް ކުރި ތުހުމަތަކީ ހުރިހާ މީޑިއާއަކަށް ކުރި ތުހުމަތެއް ނޫންކަމަށެވެ. އަދި ރިޝްވަތު ނަގާ ވާހަކަ ދެއްކީ މީޑިޔާއަށް ވެސް ހެޔޮއެދޭތީއާއި ކަންކަން އިސްލާހުކުރުމުގެ ވިސްނުމުގައި ހެޔޮހިތުންކަމަށްވެސް އަމްރު ވިދާޅުވިއެވެ.
"ދެއްކި ބައެއް ވާހަކަ އާއި މެދު ބައެއް ބޭފުޅުންގެ ފާޑުކިޔުން އަމާޒުވި. އަޅުގަޑަކީ އަބަދުވެސް މީޑިޔާއާ ގާތްގުޅުމެއް ބާއްވާ މީޑިޔާގެ މިނިވަންކަމަށް އަބަދުވެސް ހިތްވަރުދޭ މިހެއް. އަޅުގަޑު ދެންނެވީ ހުރިހާ މީޑިޔާއެއް އެކަންކަމުގަ ބައިވެރިވާ ވާހަކައެއްވެސް ނޫން. ނަމަވެސް ހިނގަމުންދާ ނޭދެވޭ ކަމެއް ތިލަކޮށް ސާފުކޮށް ބުނުމަކީ ހެޔޮގޮތް ކަމަށް ދެކެން. އަދި އަޅުގަޑު ދައްކާ ވާހަކައެއް ދައްކަނީ މީޑިޔާއަށް ވެސް ހެޔޮއެދޭތީކަމާ، ކަންކަން އިސްލާހުކުރުމުގެ ވިސްނުމުގަ ހެޔޮހިތުން ކަމަށް ވެސް ޔަގީންކަން އަރުވަން،" އަމްރު ވިދާޅުވިއެވެ.
މީޑިއާތަކުގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވުމަށްފަހު، "ވައިޖަހަން" ކުރެއްވި ޓްވީޓްގައި އަމްރު ވިދާޅުވީ މީޑިޔާއިން ދެއްވާ އެއްބާރުލުން އަބަދުވެސް ފާހަގަކުރާކަމަށެވެ. ނަމަވެސް ދެން ވިދާޅުވީ މިނިވަން މީޑިއާއެއް ނެތްކަމަށާއި، އެކަން ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށެވެ.
"މިނިވަން މީޑިޔާއަށް މަގުފަހިކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކުރަމުންވެސް ގެންދާނަން،" އަމްރު ވިދާޅުވިއެވެ.
މީޑިއާތަކަށް ރިޝްވަތުގެ ތުހުމަތުކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމްރަށް އަމާޒުވީ މިދިޔަ 4 އަހަރު ސަރުކާރު ކުންފުންޏެއްގެ ވެރިޔަކަށް ހުންނަވައިގެން މީޑިއާތަކަށް ފައިސާ ދިނުމަށްފަހު، މިއަދު ސަރުކާރުން ވަކިވުމަށްފަހު އެ ވާހަކަ ދައްކަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު