އެކި ފަރާތްތަކާއެކު ބާއްވާ ސިޔާސީ މަޝްވަރާތަކަކީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެއް ނޫންކަމަށާއި، މަޝްވަރާތައްކުރަނީ ރައީސް ޔާމީންގެ ލަފާފުޅާއެކު ޤައުމީ މައްސަލަތަކުގައިކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް، އަދުރޭ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ދަ ޑިމޮކްރެޓްސްއާއެކު ބާއްވާ މަޝްވަރާތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ބައެއް ސެނެޓް މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
އަދުރޭ ވިދާޅުވީ އެހެން ޕާޓީތަކާއެކު ކުރަމުންދާ ސިޔާސީ މަޝްވަރާއަކީ ރިޔާސީ އިންތިހާބާއި ގުޅިގެން ކުރިއަށްދާ މަޝްވަރާތަކެއް ނޫންކަމަށާއި އެއީ ޤައުމީ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެއްކަމަށެވެ. އަދި އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ލަފާ ދެއްވާފައިވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީން އިރުޝާދު ދެއްވަނީ ޤައުމީ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން އަޅުގަނޑުމެންނާއި އެކުގައި މަސައްކަތްކުރަން ތިބި ބަޔަކާއެކު މަސައްކަތްކުރާށޭ، އެ މަސައްކަތް މިކުރަނީ. މި މައުލޫމާތު ވާނީ ސެނެޓް މެމްބަރުންނާއި ހިއްސާކޮށްފައި." ރައީސް ޔާމީންގެ އެންމެ އަރިސް، އަދި އެންމެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުންގެ ހުރި ކަންބޮޑުވުމަކީ ދަ ޑިމޮކްރެޓުންނާއެކު ވަކި ވާހަކައެއް ދައްކާތީ އޮތް ކަންބޮޑުވުމެއް ނޫންކަމަށެވެ. އަދި އެ ބޭފުޅުންގެ އޮތް ކަމްބޮޑުވުމަކީ ރައީސް ޔާމީނަށް ވެދާނެ ގޮތަކާއިމެދު އޮތް ކަންބޮޑުވުންތަކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެ ބޭފުޅުންގެ އިޚްލާސްތެރިކަން ފެންނަނީ. އެ ބޭފުޅުންގެ ހިތްޕުޅަަށް އަރައިވަޑައިގަންނަވަނީ މަޝްވަރާތަކުގެ ސަބަބުން ރައީސް ޔާމީނަށް އަނެއްކާ ކިހިނެތްބާއޭ ވާނީ. އެ ސުވާލު އުފައްދަނީ. އެ ބޭފުޅުންގެ ނެތް ކޮންމެ ބަޔަކާއެކު ސިޔާސީ މަސައްކަތް ކުރާކަށް ހުރަހެއް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރު އަސާސީ ޤަވާއިދުން ރިޔާސީ ކެނޑިޑޭޓަށް ދީފައިވާކަމަށެވެ. އަދި އެގޮތުން ދީފައިވާ ބާރުގެ ދަށުން ކުރިއަށްދާ ކަންކަމާއި ގުޅޭގޮތުން ސެނެޓަށް މައުލޫމާތު ދެއްވަމުންދާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހުއްޓާލަން ދަ ޑިމޮކްރެޓުން ބާރު އަޅަމުންދާތީ އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކުރިއަށްދާނެ ގޮތް ކަނޑައަޅާނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓްކަމަށް ވިޔަސް އަދި އެހެންކަމެއް ވިޔަސް ހުއްޓާލާނީ ރައީސް ޔާމީންގެ މަޝްވަރާއާއެކު ސެނެޓާއި މައުލޫމާތު ހިއްސާކުރުމަށްފަހު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްއާއި ރައީސް ނަޝީދުގެ ޑިމޮކްރެޓުން މަޝްވަރާތަކެއް ދަނީ ބާއްވަމުންނެވެ. ނަމަވެސް އެ މަޝްވަރާތަކުގައި މިހާތަނަށް ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އެއްވެސް ބަޔަކު ހާމައެއް ނުކުރެއެވެ. ހަމައެކަނި ވިދާޅުވަނީ ޤައުމީ މައްސަލަތަކުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެއްކަމަށެވެ.
މަޝްވަރާގައި ކުރިއަށްދާ ކަންކަމުގެ ތަފްސީލް ނޭނގޭތީ ޕީޕީއެމްގެ ބައެއް ސެނެޓް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވިޔަސް، އެކަމާއި ގުޅޭގޮތުން މާބޮޑު ހިޔާލު ތަފާތުވުންތަކެއް ޕާޓީގެ ތެރޭގައި ނެތްކަމަށް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓާއި ގުޅޭގޮތުން އެކި ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަނަމަވެސް، ޕީޕީއެމުން ތަކުރާރުކޮށް ބުނަމުންދަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި، އެކަން ބަދަލުކުރުމާމެދު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު