ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މެމްބަރު ޝާޒު 6000 ރުފިޔާއިން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މެމްބަރު ޝާޒު ޖޫރިމަނާކުރަން ނިންމީ މިދިޔަ އޭޕްރީލްމަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ މާލީ ބަޔާން ގާނޫނުގައި ބަޔާންކުރާ ގޮތަށް ހުށަނޭޅުމުންނެވެ.
ޝާޒުގެ އިތުރުން އޭނާގެ ރަސްމީ އިންތިހާބީ އެޖެންޓާއި ބައި އިލެކްޝަންގައި ވާދަކުރި އަނެއް ދެ ކެނޑިޑޭޓުންނާއި އެމީހުންގެ އޭޖެންޓުންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.
ގާނޫނުގައި އޮންނަ ގޮތުން އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ.
މާލީ ބަޔާނުގައި ހުންނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު، އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު، ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު، ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް އަދި ސައްހަ މައުލޫމާތުކަން އަންގައިދޭން ލިޔުންތައްވެސް ހިމެނެއެވެ.
ޝާޒުގެ އިތުރުން އިންތިހާބުގައި ވާދަކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފެވެ.

ކިޔުންތެރިންގެ ހިޔާލު