ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް މުޞްޙަފް އެންދުމަށް ހުއްދަ ދިނުން ބަލައިނުގަނެވޭނެކަމަށް ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.
އޯއައިސީގެ އިތުރުން ސައުދީ އަރަބިއްޔާއަށްވެސް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ހަލީލް މިހެން ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އެންދުމާއި ގުޅިގެން މިކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިއަދު ބޭއްވި އޯއަސީގެ ބައްދަލުވުމުގައެވެ.
އޯ.އައި.ސީ. ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ސްވިޑެންގައި މުޞްޙަފް އެންދި މައްސަލައާ ގުޅޭގޮތުން ތަޤްރީރުކުރައްވަމުން ހަލީލް ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އަންދައި ހިންގައިފައިވާ ހަޑިހުތުރު އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.
ހަލީލްގެ ވާހަކަފުޅުގައި ވަނީ މިފަދަ އިޙްތިރާމް ކުޑަ ޢަމަލު ތަކުރާރުވުމަކީވެސް މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އަނިޔާވާ ކަމެއް ކަމަށާއި، ހަމައެކަނި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް މިފަދަ އަމަލުތައް ހިންގުމަށް ހުއްދަ ދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.
ޚަލީލްގެ ތަގުރީރުގައި ވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފުރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުންދާކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު