ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ދައުރުން ބޭރުން ބާއްވާ މި ޖަލްސާއަކީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅުމާއި ގުޅިގެން ބާއްވާ ޖަލްސާއެކެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ތިންބައިކުޅަ އެއްބައި މެންބަރުން ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިނަމަ، އެކަމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ބާއްވަންޖެހޭނެއެވެ.
ހެނދުނު 9:00 ޖަހާއިރު އޮންނަ މިޖަލްސާގެ އެޖެންޑާގައި އޮތީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމުގެ މައްސަލައެވެ.
މި މައްސަލައިގައި ގޮތެއް ނުނިމިގެން މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އެމްޑީޕީން އެދިގެން މި ޖަލްސާ ބޭއްވިޔަސް ޖަލްސާ ބާއްވާކަން މެމްބަރުންނަށް އަންގާފައިވަނީ މިއަދު ހަވީރުކަމަށްވެފައި، އަދި މިއީ ޗުއްޓީ ދުވަސްވަރުކަމުން ގިނަ މެމްބަރުންނަށް ޖަލްސާއަށް ވަޑައިގަތުމުގެ ފުރުސަތު ހަނިވާނެކަން ބައެއް މެމްބަރުން ފާހަގަކުރައްވައެވެ.
އެމްޑީޕީން އެދިގެން މާދަމާ ޖަލްސާއެއް ބޭއްވިނަމަވެސް މިދިޔަ މުއްދަތުގައި މަޖިލީޙުގައި ކަންކަން ހިނގާފައިވާ ގޮތުން ޖަލްސާ ކުރިއަށްދާނެ ކަމާމެދު އޮތީ ސުވާލެއްގެ ތެރޭގައެެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދި ހިސާބުން އެ ދެބޭފުޅުން ވަނީ މަޖިލީހުގެ ރިޔާސަތާއި ދުރަށް ވަޑައިގެންފައެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ ޖަލްސާއެއްގައި ރަނގަޅު މަސައްކަތެއް ނުކުރާތާ އެތައް ދުވަހެއްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު