ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހްގެ އެޑްވައިޒަރުގެ މަގާމުން ޝިހާބް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެކަމަކު، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް މިއުވާން ހާމައެއް ނުކުރަށްވައެވެ.

ޝިހާބް އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު 15، 2019 ގައެވެ. ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރަށްވާފައިވާ ބޭފުޅެކެެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ޝިހާބު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މިފަހުން އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަން އުޅޭ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު