މި ސަރުކާރުގައި ތަރައްޤީގެ ބޮޑު ޕްލޭނެއް އެބައޮތް ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަވެސް މިސަރުކާރުން ހައްލުކުރާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މީގެކުރިން ވެރިކަންކުރި ހުރިހާ ސަރުކާރުތަކަކުންވެސް މަސައްކަތް ކުރެއްވިކަމަށާއި، ނަމަވެސް މިހާތަނަށް އައިއިރުވެސް މި މައްސަލައަށް ހައްލެއް އައިސްފައިނުވާކަމީ ސުވާލު އުފެދޭ ކަމެއްކަމަށެެވެ.
އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުތަކުން މި މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ. އަދި ގޯއްޗާއި ފްލެޓްތައް ދީފައިވަނީ މަދު ބަޔަކަށް ކަމަށާއި، އެއީ މައްސަލަ ހައްލުނުވެ އޮތް ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް ގެންނަން ބޭނުންވީ ޖުމްލަ ހައްލެއްކަމަށާއި، އެ ހައްލު ގެންނަ މަންޒަރު މިހާރު ފެންނަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
"ރައީސް ނިންމެވީ މާލޭގެ މި މައްސަލައަށް އަޅުގަނޑުމެން އެބަޖެހެއޭ ގިނަ އަދަދަކަށް އެއްފަހަރާ މީހުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭން. އެއީ ފްލެޓް އެކަންޏެއް ނޫން. ހަމައެކަނި ފްލެޓް އަޅައިގެން މިކަން ހައްލުވާކަށް ނެތް. އެބަޖެހޭ މާލޭގެ ރައްޔިތުންނަށް އުޅެވޭނެ ބިމެއް ދޭން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި އެކަމާއި ގުޅޭ ތަރައްޤީގެ ބޮޑެތި ޕްލޭންތަކެއް އެބަހުރިކަމަށެވެ. އަދި ރައީސް ސާލިހުގެ ވައުދުފުޅާއި އެެއްގޮތަށް މާލެ ސަރަހައްދުން ގޯއްޗަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ގޯތި ދެއްވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި ވަނީ މާލެއިން ގޯތި ނުވަތަ ފްލެޓެއް ދޭއިރު އެމީހެއްގެ ނަމުގައި އޮންނަ ކުޑަ ބިންކޮޅެއް ސަރުކާރަށް ނެގުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި، މިފަހަރު ގޯތި ލިބޭ މީހުންވެސް އެފަދަ ކަމެއް ކުރާކަށް ނުޖެހޭނެކަން ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު