މާލޭ ކޮމާޝަލް ޕޯޓާއި ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުން ރާއްޖޭގެ އިމްޕޯޓް އެސްޕޯޓަށް ހަލުވި ކުރިއެރުންތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެމަޝްރޫއާ ގުޅޭ ރޭވުންތައް ރާވާއި ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ އުތުރު ފަރާތާއި އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަނާއި ބައެއް ވިޔަފާރިތަައް ވެސް ގުޅީފަޅަަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



"އެއީ މާލޭގެ އާންމު ހަމަޖެހުމާއި އަމާންކަން ގާއިމް ކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެސް ވެގެންދާނެ، އަނެއް މުހިންމު ކަމަކީ ގުޅީފަޅުގައި ބައިނަލްއަގުއާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރުން، އެކަމާ ގުޅޭ ރޭވުންތައް ޕްްލޭންކޮށް ގާތްގަނޑަކަށް ވަނީ ނިިމިފައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގުޅީފަޅުގައި ގާއިމްކުރާ ދެ ވިޔަފާރި ބަނދަރު ތަރައްގީކޮށް ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ހަލުވިކަމަކީ ވިޔަފާރި ކުރުމާއި އިމާރަތް ކުރުމުގެ އިންޑަސްޓްރީއަށް ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތް އިތުރަަށް ފުޅާވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު