ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން 6200 ގޯތި ދޭނެކަމަށާއި، އަދި އެ ގޯތިތައް އަންނަ އޮގަސްޓްމަހު ހަވާލުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަކީ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ގޯތި ދެއްވުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެންނަން ސަރުކާރުން މަސައްކަތްކުރާއިރު، ގުޅީފަޅަކީ އެކަމަށް ހައްލެއް ގެންނާނެ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ބޯހިޔާވަހިކަމަށް މުޅި ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫޢު، މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ފައިދާއާއި އުމްރާނީ ތަރައްޤީން އެތައް މަންފާއެއް ކުރާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުވެސް 68 ހެކްޓަރުގެ ބިން ގުޅީފަޅުން ހިއްކާފައިވާކަމަށާއި، މި ސަރުކާރުން އިތުރު 150 ހެކްޓަރުގެ ބިން ހިއްކުމުން ޖުމްލަ 218 ހެކްޓަރުގެ ބިމެއް އޮންނާނެކަމަށެވެ. އަދި އެ ބިމުުން ދޫކުރާ ގޯތިތަކުން މާލެ ބޯހިޔަވާހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ބޭނުންވާ ބިމުގެ ދެބައިކުޅަ އެއްބައި ހުޅުމާލެއިން ހަމަޖެހިފައިވާކަމަށެވެ. އަދި ގިރާވަރުގައި ފަޅު ހިއްކައިގެންވެސް ގޯތިތައް ދެއްވުމަށް މަސައްކަތް ހިނގާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ގުޅީފަޅުން 2000 ވަރަކަށް، ގިރަވާރުންވެސް 2000 އެއްހާ ގޯތި، ހުޅުމާލެއިންވެސް 2000އަށްވުރެ ގިނަ ގޯތި. 3 މަޝްރޫޢުގެ ދަށުން 6200 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު، އޮގަސްޓްމަހު ގޯތިތައް ހަވާލުކުރަން ފަށާނެކަމަށެވެ.
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އިއުލާންކުރީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި މާލޭ މީހުންނަށް މާލެއިން ހިލޭ ގޯތިދިން ފުރަތަމަ ފަހަރެވެ. މީގެއިތުރުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާްވެސްމެއެވެ.
މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު