މާލޭ މީޙުންނަށް ހިލޭ ގޯތި ދިނުމަކީ މައްސަލައެއް ނޫންކަމަށާއި، ރާއްޖޭގެ އެހެން ރަށްރަށާއި ސިޓީތަކުގައިވެސް ގޯތި ދެނީ ހިލޭކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިހެން ވިދާޅުވީ މާލޭ މީހުންނަށް މާލެއިން ހިލޭ ގޯތިދީގެން އެކަމަށް ފާޑު ކިޔާ މީޙުންނަށް ރައްދު ދެއްވަމުންނެވެ.
މޫސަ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ދައުލަތުގެ ބިންތައް ހިލޭ ދިނުންކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަނީ ފިތުނަވެރި ވާހަކަތަކެއްކަމަށެވެ.
މޫސަ ވިދާޅުވީ ފިތުނައެއް އުފައްދަން މަސައްކަތްކުރާ މަދު ބަޔަކު މާލޭ ރައްޔިތުން އުޅުނު ހާލަށް ނުވިސްނާ ޒާތީވެގެން ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި އެފަދަ ވާޙަކަތައް ދައްކާ ފަރާތްތައް ނިސްބަތްވާ ރަށާއި، ސިޓީންވެސް ބޯހިޔާވަހިކަމަށް ގޯތި ވިއްކުމުގެ ބަދަލުގައި ދެނީ ހިލޭކަން މޫސަ ފާޙަގަކުރެއްވިއެވެ.
މޫސަ ވިދާޅުވީ މާލޭ މީހަކަށް ގޯއްޗެއް ދީފާނެތީ އެކަމާއި ދެކޮޅަށް އަޑުއުފުލި ދެތިން މީހަކު އެކަން ހުއްޓުވުމަށް ކޯޓަށް ދިޔަކަމަށާއި، ނަމަވެސް އެކަމުގައި ކުރިއެރުމެއް ނުލިބުނުކަމަށެވެ.
"އެވަރުންވެސް އަލާނުފިލައިގެން މާލޭ މީހުންނާއި ޒާތީވަމުން ގޮސް، ސަރުކާރުން ގޯތި ދިނީމަ ދެން މި ނިކުންނަނީ ދައުލަތް ހުއްޓުވާލުންތޯ؟" މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރިޔަސް، މާލޭ މީހުންގެ ބޯހިޔާވަހިކަމާއި އަޅުވާފައި ގަދަބަސް ނުބުނަން ގޮވާލައްވާފައެވެ.
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އިއުލާންކުރީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި މާލޭ މީހުންނަށް މާލެއިން ހިލޭ ގޯތިދިން ފުރަތަމަ ފަހަރެވެ. މީގެއިތުރުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާްވެސްމެއެވެ.
މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު