ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމުގެ ހަރަކާތްތަކެއް ބ އަތޮޅާއި ރ.އަތޮޅުގައި ކުރިއަށް އެބަދެއެވެ.

ޖުމްހޫރީ ޕާޓީން ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އޮނަރަބަލް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް ބ އަތޮޅާއި ރ.އަތޮޅު ރަށްރަށުގައި ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ދަތުރު ފެށީ އިއްޔެއެވެ. މި ދަތުރުގައި އިސްކޮށް ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރުގެ ކެމްޕެއިން ޓީމުގެ މެނޭޖަރު އަމީން އިބްރާހިމްއެވެ.

އުތުރުގެ ކެމްޕެއިން މެނޭޖަރ އަމީންގެ އިތުރުން ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުﷲ ނަވާޒާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ޙުސައިންވެސް މި ދަތުރުގައި ބައިވެރިވެއެވެ.



މި ދަތުރުގައި ބ.އަތޮޅުގެ ރަށްތަކާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ އާއި މިއަދު ޖުމްހޫރީ ޕާޓީގެ ޓީމުތަކުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.



ބ އަތޮޅާއި ރ.އަަތޮޅުގެ އިތުރުން ހއ އަދި އއ.އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޖުމްހޫރީ ޕާޓީން ދަތުރުކޮށް ކެމްޕެއިން ހަރަކާތްތައް ދަނީ ވަރުގަދައަށް ހިންގަމުންނެވެ.

ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ ވަރުގަދައަށް ހިންގަމުންދަނީ ޖުމްހޫރީ ޕާޓީންނެވެ.



ކިޔުންތެރިންގެ ހިޔާލު