ޖޫން މަހު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، ހުސްވި 2022 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގެ 21 ވަނަދުވަހާއި ހަމައަށް އައި ފަތުރުވެެރިންގެ އަދަދު ވަނީ 13.6 އިންސައްތަ އިތުރުވެފައެވެ. މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް 77،734 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް 886،978 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު، މި މުދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކަށްވުރެ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިސްފައިވަނީ 780،507 ފަތުރުވެރިންނެވެ.
މި އަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސައުތު ކޮރެއާއެވެ.

ކިޔުންތެރިންގެ ހިޔާލު