ކުރީގެ ނޫސްވެރިޔާ ޖައުފަރު ރަޝީދު (ޖޯރޭ) ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ސޮއިކޮށްފިއެވެ.
ޖޯރޭ މިހާރު މަސައްކަތް ކުރަނީ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައެވެ. އޭނާވަނީ ރާއްޖޭގެ ކުރީގެ އެންމެ ބޮޑު އެއް ނޫސްކަމަށްވާ އާފަތިސް ދުވަހު ނޫހާއި މިއަދު ދުވަހު ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި އެ ދެނޫހުގެ ސީނިއަރ ބައެއް މަޤާމުތައްވެސް ފުރިއެވެ.
މިރޭ ޖޯރޭ އެމްޑީޕީއަށް ސޮއިކުރީ އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ ޙާޒިރުގައެވެ. ޖޯރޭގެ މެމްބަޝިޕް ފޯމާ ޙަވާލުވެވަޑައިގަތީވެސް ފައްޔާޒެވެ. ހެކިވެރިންގެ ގޮތުގައި ތިއްބެވީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޢަލީ ފާއިޒާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ. މި ރަސްމިއްޔާތުގައި ހައިކޮމިޝަނުގެ މުވައްޒަފުންނާއި ޑިޕޮލޮމެޓިކް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ޖޯރޭ ބުނީ އެމްޑީޕީގެ 18ވަނަ އަހަރީ ދުވަހާވެސް ދިމާކޮށް، ކޮޅުނބުގައި ހުރެ އެމްޑީޕީއަށް ސޮއިކޮށް، ރަސްމީކޮށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމަށެވެ. މިއީ ސިޔާސީ މަސައްކަތުގައި، ސިޔާސީ ޕާޓީއެއްގައި އޭނާ ރަސްމީކޮށް ފުރަތަމަ ފެށުންކަމަށްވެސް ޖޯރޭ ބުންޏެވެ.
ސިޔާސީ މަސައްކަތް ފުރަތަމަ ފަހަރަށް ފެށި ޕާޓީގައި މިއަށްވުރެވެސް ބާރަށް ކުރިއަށްދާން އަޒުމް ކަނޑައަޅައިފިކަމަށްވެސް އޭނާ ބުންޏެވެ. ކުރިން މަސައްކަތް ކުރީ އެމްޑީޕީއަށް ތާއީދުކުރާ މީހެއްގެ ގޮތުގައިކަމަށާ، ދެން މަސައްކަތް ކުރާނީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައިކަމަށް ޖޯރޭ ބުންޏެވެ.
ޖޯރޭއަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު