ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަލި ހާލަތު ހުރި ގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައްޖު މިޝަންގައި ހިމެނޭ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު އަނީލު ވިދާޅުވީ އައިސީ.ޔޫގައި ފަރުވާދެނީ އުމުރުން ދުވަސްވީ ދެ ހައްޖާޖީއަކަށް ކަމަށެވެ. އަދި މިއަދު މީހުން، ޢަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ދެމީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނަސް ޖުމްލަކޮށް، ދިވެހި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެެވެ.
ރާއްޖެއަށް މިއަހަރު 1،000 ހައްޖު ކޯޓާ ވަނީ ލިބިފައެވެ. ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގްރޫޕަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު