މާލޭ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ ސްމާޓް މަގުބައްތި ތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް މިއަދު ތަކުބީރު އިއްވަން ފެށުމާއެކު އެތައް ބަޔަކު މާލޭ ސިޓީ ކައުންސިލަށް ތަޢުރީފްކޮށް ޝުކުރު އަދާކޮށްފިއެވެ.
މިއީ ޗައިނާގެ އެހީގައި މާލެސިޓީ ކައުންސިލުން މާލޭ ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކެކެވެ. އެ ލައިޓުތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން މިއަދުއެވެ. މިއަދު މެންދުރުން ފެށިގެން އެ ލައިޓްތަކުން ވަނީ އަޑު ހަރުކޮށް ތަކުބީރު އިއްވާފައެވެ.
ޙައްޖު ދުވަހުން ފެށިގެން ޢީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވާކާމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ. މިއީ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ ފުރަތަމަ ފަހަރެވެ.
ތަކުބީރު އިއްވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
27 ޖޫން :ހަވީރު 16:15 އިން ފެށިގެން 18:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް.
28 ޖޫން އަޟްޙާ ޢީދު ދުވަސް: ހެނދުނު 6:00 އިން ފެށިގެން 7:25 އަށް އަދި ހެނދުނު 8:15 އިން 11:30 އާއި މެންދުރުފަހު 14:15 އިން 18:00 އަދި ރޭގަނޑު 20:15 އިން 22:00 އަށް.
29 ޖޫން: މެންދުރުފަހު 13:00 އިން 15:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް މި ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭނެއެވެ.
ކައުންސިލްގެ މަގުބައްތިތަކުން އިވެންފެށި ތަކުބީރުގެ އަޑާއިއެކު އާންމުން ދަނީ މާލެސިޓީ ކައުންސިލާއި މޭޔަރ ޑރ.މުޢިއްޒުއަށް ޝުކުރު ދަންނަވާ މިކަމާއިއެކު މާލެސިޓީ ކައުންސިލް ތާރީޚުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނަމުންނެވެ.
ކައުންސިލުން މާލޭގައި ޖަހަން ފަށާފައިވާ ސްމާޓް ސްޓްރީޓް ލައިޓް ތަކުގައި ސްޕީކާ ސިސްޓަމުގެ އިތުރުން ފްރީ ވައިފައި އާއި ޑިޖިޓަލް ލެޑް ސްކްރީނާއި، ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަ ވާނެހެން އެންވަޔަރަންމަންޓް ސެންސަރު ހަރު ކޮށްފައިވެއެވެ.
ކައުންސިލުން ދަނީ މި މަގުބައްތިތައް މެދުވެރިކޮށް އެކިއެކި ދީނީ އަދި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް އެކި މެސެޖުތައް ދެމުންނެވެ.
މާލެ ސިޓީކައުންސިލުން ވަނީ މިއަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން މިއަދު މެންދުރު ފަހުން ފެށިގެން ވަނީ ތަކުބީރު އިއްވަން ފަށާފަ. pic.twitter.com/2kMtec8VsD
— Malé City Council (@MaleCitymv) June 27, 2023
ޙައްޖު ދުވަހުން ފެށިގެން ޢީދު ނިމެންދެން ތަކުބީރުގެ އަޑު އިއްވުމަށް ހަމަޖެހިފައިވާކާމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ. މިއީ ސްމާޓް މަގުބައްތިތަކުގެ ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ ފުރަތަމަ ފަހަރެވެ.
ތަކުބީރު އިއްވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
27 ޖޫން :ހަވީރު 16:15 އިން ފެށިގެން 18:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް.
28 ޖޫން އަޟްޙާ ޢީދު ދުވަސް: ހެނދުނު 6:00 އިން ފެށިގެން 7:25 އަށް އަދި ހެނދުނު 8:15 އިން 11:30 އާއި މެންދުރުފަހު 14:15 އިން 18:00 އަދި ރޭގަނޑު 20:15 އިން 22:00 އަށް.
29 ޖޫން: މެންދުރުފަހު 13:00 އިން 15:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް މި ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭނެއެވެ.
ކައުންސިލްގެ މަގުބައްތިތަކުން އިވެންފެށި ތަކުބީރުގެ އަޑާއިއެކު އާންމުން ދަނީ މާލެސިޓީ ކައުންސިލާއި މޭޔަރ ޑރ.މުޢިއްޒުއަށް ޝުކުރު ދަންނަވާ މިކަމާއިއެކު މާލެސިޓީ ކައުންސިލް ތާރީޚުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނަމުންނެވެ.
ކައުންސިލުން މާލޭގައި ޖަހަން ފަށާފައިވާ ސްމާޓް ސްޓްރީޓް ލައިޓް ތަކުގައި ސްޕީކާ ސިސްޓަމުގެ އިތުރުން ފްރީ ވައިފައި އާއި ޑިޖިޓަލް ލެޑް ސްކްރީނާއި، ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަ ވާނެހެން އެންވަޔަރަންމަންޓް ސެންސަރު ހަރު ކޮށްފައިވެއެވެ.
Male’ city council thaareekhuge thereyah. Thakbeeru ge adun Male’ gugumaalaifi.
— Ali Rameez (@aliramyz) June 27, 2023
Jazaakumullah khairan. @MaleCitymv pic.twitter.com/r1QeY3Uzqy
ކައުންސިލުން ދަނީ މި މަގުބައްތިތައް މެދުވެރިކޮށް އެކިއެކި ދީނީ އަދި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް އެކި މެސެޖުތައް ދެމުންނެވެ.
މާލެ ސިޓީކައުންސިލުން ވަނީ މިއަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު