މާލޭ ރައްޔިތުންނަށް ބިން ދޫކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.
ސަރުކާރުގެ "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 10,314 މީހަކަށް ގޯތި ލިބޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް ގޯތި ކޮމިޓީން ބުނެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 36 އަހަރަށްވުރެ ގިނަ ދުވަހަށްފަހު މާލެ ސަރަހައްދުން ގޯތި މާލެ ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ނިންމަވާ ކުރައްވަމުން ގެންދަވާ މަސައްކަތަށް އެޕާޓީން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ އެޕާޓީގެ މައިގަނޑު އެއް ސިޔާސަތު ކަމަށާއި، މި ސިޔާސަތުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފެއްޓެވި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
"މި ޕާޓީގެ ފަރާތުން މާލެ ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" އެމްޑީޕީގެ ޓްވީޓުގައި ބުނެފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު