މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮ އެދުންތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހި ޙައްޖާޖީންނަށާއި ޢާންމު ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގަ ބައިވެރިވާ ދިވެހިންނަށާ މުސްލިމް އަޚުންނާ އުޚުތުންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި މާތް ﷲއަށް ދުޢާކުރައްވާކަމަށެވެ. އަދި މި ބަރަކާތްތެރި ޙައްޖު ދުވަހުގެ ދަރުމަޔާ ސަވާބު އަޅަމެންނަށް މިންވަރު ކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިން ކަމުގަ ލެއްވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ޙައްޖަކީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ. އެއީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އަދާކުރުން ވާޖިބު އަޅުކަމެކެވެ. ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ މުސްލިމުން ފާހަގަކުރާ އެންމެ މަތިވެރި އެއް ދުވަހެކެވެ. އެއީ ޛުލްޙިއްޖާމަހުގެ 9ވަނަ ދުވަހެވެ. އެއީ މުސްލިމުންގެ އެންމެ ބޮޑު ޖަމާޢަތް އެއްތަނަކުން ބައްދަލުވާ ދުވަސްވެސް މެއެވެ. މިއަދަކީ މިއަހަރުގެ މާތްވެގެންވާ ޙައްޖު ދުވަހެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގަ ބައިވެރިވާ ދިވެހިންނަށާ މުސްލިމް އަޚުންނާ އުޚުތުންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި މާތް ﷲ އަށް ދުޢާކުރަން. އަދި މި ބަރަކާތްތެރި ޙައްޖު ދުވަހުގެ ދަރުމަޔާ ސަވާބު އަޅަމެންނަށަް މިންވަރު ކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިން ކަމުގަ ލައްވާށި.
— Ibrahim Mohamed Solih (@ibusolih) June 27, 2023
ޙައްޖަކީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ. އެއީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އަދާކުރުން ވާޖިބު އަޅުކަމެކެވެ. ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ މުސްލިމުން ފާހަގަކުރާ އެންމެ މަތިވެރި އެއް ދުވަހެކެވެ. އެއީ ޛުލްޙިއްޖާމަހުގެ 9ވަނަ ދުވަހެވެ. އެއީ މުސްލިމުންގެ އެންމެ ބޮޑު ޖަމާޢަތް އެއްތަނަކުން ބައްދަލުވާ ދުވަސްވެސް މެއެވެ. މިއަދަކީ މިއަހަރުގެ މާތްވެގެންވާ ޙައްޖު ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު