އެމްޑީޕީގެ މެމްބަރުންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު މަސައްކަތަކީ އެކުގައި ނިކުމެ، ޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބުކުރުންކަމަށް އެމްޑީޕީ ޗެއަރޕާސަން ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ޕާޓީގެ މެމްބަރުންނަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ފައްޔާޟް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ދިވެހި ރައްޔިތުންެ ޒަމާންތަކެއް ވަންދެން އުޅެމުންދިޔަ ދަތި، އުނދަގޫ، ބިރުވެރި ދުވަސްތައް ނިމުމަކަށް ގެނައުމަށް، ދޫނުދީ ކުރިއަށްގެންދިޔަ އިސްލާހީ ހަރަކާތުގެ މަސައްކަތުންކަމަށެވެ.
ފައްޔާޟް ވިދާޅުވީ އެމްޑީޕީ އުފެދި ޕާޓީ ރަޖިސްޓްރީކުރިތާ 3 އަހަރު ފުރި، ޖެހިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި އެމްޑީޕީން ހަވާލުވި ކަމަށާއި ނަމަވެސް އޭގެ 3 އަހަރު ފަހުން އެމްޑީޕީ އަނެއްކާވެސް އެމްޑީޕީގެ މެެމްބަރުން މަގުމަތިވިކަމަށެވެ.
"މުސްތަގްބަލަށް ކުރި އުއްމީދުތަކުގެ ކާމިޔާބީގައި ހަމަޖެހިނުލެވިގެން އުޅެނިކޮށް އަނެއްކާވެސް އެމްޑީޕީ މަގުމަތިވި. އެކަމުގައި އެމްޑީޕީގެ މެންބަރުން ވަރަށް ގިނަ ކަންކަން 7 އަހަރު ވަންދެން ތަހައްމަލް ކުރި" ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ 7 އަހަރު ގައުމު ހަލަބޮލިކަމުގައި އޮތުމަށްފަހު 2018 ވަނަ އަހަރު އެމްޑިޕީގެ ވެރިކަމެއް ގާއިމްކޮށް، އަލުން އަނބުރާ ސަލާމަތުގެ އައްސޭރިއަށް އެމްޑިޕީން ރާއްޖެ ގެންގޮސްދިންކަމަށެވެ.
"17 ނޮވެމްބަރުގައި ގާއިމުވި ވެރިކަމާއެކު ދީވެހި ރައްޔިތުންނަށް މި 5 އަހަރު ހަމަނޭވާލެވުނު" ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ މިއަދު އެމްޑީޕީ މެމްބަރުން ކުރަން އޮތް ކަމަކީ، އެކުގައި މަސައްކަތްކޮށްގެން ޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބު ކުރުންކަމަށެވެ. އަދި މި 5 އަހަރުތެރޭގައި ހޯދުނު ކާމިޔާބީ ޒަމާންތަކަކަށް ގެންދިއުމަށް، ކުރިއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަންޖެހޭކަމަށް އެމްޑިޕީގެ ޗެއަރޕާސަން ފައްޔާޟް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު