ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ މީހުންގެ ލިސްޓު މާދަމާ އިއުލާންކުރަން ތައްޔާރުވަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނާގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް މާދަމާ އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެކަން ސަރުކާރުން ޔަގީންކޮށެއް ނުދެއްވައެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގޯތި ނުވަތަ ފްލެޓް ލިބޭ މީހުންގެ ލިސްޓް މާދަމާ އިއުލާންކުރާނެއެވެ. އަދި އެކަމަށްޓަކައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް އިއުލާންކުރަން ތައްޔާރުވަމުންދާއިރު، ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދުވެސް ވަނީ ބާއްވާފައެވެ.
ސަރުކާރުން ވަނީ އީދުގެ ކުރިން ލިސްޓްތައް ނެރޭނެކަން ހާމަކޮށްފައެވެ.
މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.
މީގެއިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެދިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގެދޮރުވެރިންގެ ކޮމިޓީ ބައްދަލުވުމެއް މިއަދު މިނިސްޓްރީގައި ބޭއްވުނެވެ. pic.twitter.com/eRWc17zbxP
— Min.of National Planning, Housing & Infrastructure (@MoNPHImv) June 25, 2023
މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ހުޅުވާލި ފުރުޞަތު ހަމަވީއިރު 35،861 ފޯމް ހުށައަޅާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.
މީގެއިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު