ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ބޭއްވި 12 ވަނަ "އެކްސަސައިޒް އެކުވެރިން" ތަމްރީންތައް ނިންމާލައިފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދިޔަ 14 ދުވަހުގެ މި ތަމްރީންގައި 30 އާއި 50އާ ގާތްކުރާ އަދަދަކަށް އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާގެ ސިފައިން ބައިވެރިވިއެވެ.
އިންޑިއާގެ އުއްތަރުޚާންދު ސްޓޭޓްގެ، ޗައުބަޓިއާގައި ކުރިއަށްދިޔަ މި ތަމްރީންތަކުގައި ކައުންޓަރ ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ސިިފައިންގެ ޓެކްނިކަލް ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދިޔައެވެ. މީގެއިތުުރުން ދެ ޤައުމުން ގުޅިގެން ކާރިސާގެ ވަގުތުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ތަމްރީންތައްވެސް ކުރިއަށްދިޔައެވެ.
މި ތަމްރީންތަކުގެ ސަބަބުން ޓެކްޓިކަލް ފެންވަރެއްގައި ދެ ޤައުމުގެ ދެމުގައި އެއްބާރުލުންދީ، އެހީތެރިިކަން ފޯރުކޮށްދެވޭނެއެވެ.
ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެންމެފަހުން ބޭއްވި 11 ވަނަ "އެކްސަސައިޒް އެކުވެރިން" ބާއްވާފައިވަނީ 2021 ވަނަ އަހަރު ރާއްޖޭގައެވެ.

ކިޔުންތެރިންގެ ހިޔާލު