ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދެވޭނެ އުސޫލުތައް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވަނީ އެ އިޖުރައާތުތައް ފުރިހަމަކުރުމަށްފަހު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވީ ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދޭން ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ އެކަމަށް ޖަވާބު ދެއްވަމުންނެވެ.
ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ކުށުގެ ތުހުމަތުގައިވާ މީހުން، ކުށުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެމީހުންގެ މައްޗަށް ކުށުގެ ދައުވާ ކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާ ކަމަށެވެ. އަދި އެގޮތަށް މައްސަލައެއްގައި ނަޞޭޙަތުގެ އެއްބަސްވުން ހެދުމާ ގުޅޭ ގޮތުން، ބަލާނެ މިންގަނޑުތައް ކިޔައިދޭ ދެ ލިސްޓެއް ޤާނޫނުގައި އޮންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެ ދެ ލިސްޓުގައި ހިމެނެނީ ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ނަޞޭޙަތްދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތަކުގެ ލިސްޓާއި ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް އޮތް ލިސްޓެއްކަމަށެވެ. އެގޮތުން ދުވާފަރު ކައުންސިލް ކޮރަޕްޝަން މައްސަލައިގައި ނަޞޭހަތްދިނުމަށް ބާރުއަޅާ ލިސްޓުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވާކަމަށާއި، ދައުވާކުުރުމަށް ބާރު އަޅާ ލިސްޓުގައި އޮތް 13 ކަންތަކުގެ ތެރެއިން ފުރިހަމަ ވަނީ އެންމެ 3 ކަންތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފައިސާ ކައުންސިލަރުން ގެންގުޅުނީ ގަވާއިދާ ޚިލާފަށްކަމަށެވެ. ނަމަވެސް، ގެއްލުނު ހުރިހާ ފައިސާއެއް ދައުލަތަށް ލިބިފައިވާކަމަށާއި ދައުލަތަށް މަދުވި ފައިސާއެއް އޮތް ކަމަކަށް ތަޙްޤީޤަކުން ނުދައްކާކަމަށެވެ. އެހެންކަމުން މިމައްސަލައަކީ ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމަށް ހުއްދަ ލިބޭ، އެކަމަށް ޤާނޫނު ތަޞައްވުރު ކޮށްފައި އޮތް، ޝަރުޠު ހަމަވާ މައްސަލައެއްކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޤާނޫނު ތަންފީޒުކުރުމުގައިވެސް، އޯގާތެރިކަން އިސްކުރެވެން އޮތް ޙާލަތުތަކުގައި، އެކަންކުރުމުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.
ނަސޭހަތުގެ އެއްބަސްވުން ކައުންސިލަރުންނާއެކު ހަދާފައިވާއިރު އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ކޮށްފިނަމަ، ނަޞޭޙަތް ދެވުނު މައްސަލައާއި، އަލަށް ކުރި ކުށުގެ ދައުވާވެސް ކޯޓުގައި އުފުލާނެކަމަށާއި، އެހިސާބުން، ޤާނޫނުން ލިބޭ އެއްވެސް ލުޔެއް ނުލިބޭނެކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ފާހަގަކުރެއްވިއެވެ.
އެލްޖީއޭއިން މިދިޔަ އަހަރުގެ ޖުލައިމަހު އެކުލަވައިލި ހާއްސަ ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށްވެސް ނަގުދު ފައިސާ ބަހާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު