30 މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ 30 މީހުންނާ އެކު މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ކަމަށާއި ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައި ކަމަށް އެމްއެންޑީއެފުން ބުންޏެެވެ. އަދި، ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެެވެ.

30 މީހުންނާއެކު މާލެއިން ފުރައިގެން ނ.ވެލިދޫއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށްކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި. pic.twitter.com/K1k8CFFJ8j
— Maldives National Defence Force (@MNDF_Official) June 25, 2023
ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ކަމަށާއި ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައި ކަމަށް އެމްއެންޑީއެފުން ބުންޏެެވެ. އަދި، ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެެވެ.
ކިޔުންތެރިންގެ ހިޔާލު