އިދިކޮޅު ލީޑަރު އަދި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ޖަލުގައި އޮންނެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި، ރިޝްވަތުގެ ބޭނުންކޮށް މަނީލޯންޑާ ކުރުމުގެ ކުށުގައި ރައީސް ޔާމިންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
"ދަ ޑިމޮކްރެޓްސް" ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ޖަލަށްލާފައި އޮތުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަންބޮޑުވުން އަބަދުވެސް ފާޅުކުރަށްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނަމަ، ހުރިހާ ސިޔާސީ ލީޑަރުންނަށް ވާދަކުރެވެން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވި ނަމަވެސް ވޮޑަމުލާ މައްސަލައިގައި މީގެ ކުރިން ކުރީގެ ރައީސް ޔާމީނަށް ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރުމުން އާޒިމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭރު އޭނާ ވިދާޅުވީ، އެއީ އަޖައިބުވެ އަންތަރީސްވާ ވަރުގެ ހުކުމެއް ކަމަށެވެ. ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ކަމަށް ފަނޑިޔާރުން އިއްތިފާގުވާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ކުރިން ވިދާޅުވީ ޔާމިން ދޫކޮށްލާފައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު ގަބޫލު ކުރާނެ ކަމެއް ނޫންކަމަށެވެ. ރައީސް ޔާމީން ދޫކޮށްފައި ބަހައްޓާނަމަ ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް އާޒިމް އޭރު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންނަށް ދެވޭ ނިކަމެތިކަމެއް ކަމަށްވެސް އާޒިމް ސިފަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު