ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަންގެ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ފެނަކައާއި ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކަކާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ސައީދު ވިދާޅުވީ އޭނާއާއި ފެނަކައިގެ ނަން ބޭނުންކޮށްގެން ދައުރު ކުރަމުންދާ މެސެޖްތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި އެއީ އަބުރު ކަތިލުމަށް އަދި ފެނަކައިގެ އަގު ވައްޓާލަން ހިންގާ ނާތަހުޒީބު ފިނޑި އަމަލެއްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް މުއާމަލާތެއް ނުހިންގާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.



ފެނަކައިން މީގެކުރިންވެސް ވަނީ އެކުންފުނީގެ އަގު ވެއްޓޭގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާތީ އެކަން ނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

ފެނަކައިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ފެނަކައިގެ ނަން ބޭނުންކޮށްގެން އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާޢިޢުކުރަމުންދާ ކަމަށެވެ. ފެނަކައިން ވަނީ އެކަންކަން ހުއްޓާލުމަށްފަހު، މުޖްތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް، ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުންކުރުމަށް ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު