ޖުމްހޫރީ ޕާޓީ މެދުވެރިކޮށް ލިބުނު މަޤާމުތަކުގައި ތިއްބަވައިގެން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވުމަށްވުރެ، މަޤާމު ދޫކޮށްލެއްވުމަށްފަހު އެމަނިކުފާނަށް ރައްދުދެއްވުން "މާތާހިރުވާނެ" ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ނިޝާމާ މިހެން ވިދާޅުވީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންނެވުމަށްފަހު އެޕާޓީން އިސްތިއުފާދެއްވި ބައެއް މެމްބަރުން ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވެ ބައެއް ބޭފުޅުން ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.
ގާސިމަށް ފާޑު ވިދާޅުވާ ބައެއް ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް ބައެއް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
ގާސިމަށް ފާޑު ވިދާޅުވެ ބައެއް ބޭފުޅުން ވާހަކަދައްކަވަމުންދާތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޖެންޑަރ އެންޑް ސޯޝަލް ސަރވިސް ކޮމިޓީގެ ޗެއަރ ނިޝާމާ މުހައްމަދު ވަނީ އެ ބޭފުޅުންނަށް ހޫނު ރައްދެއް ދެއްވާފައެވެ. އެގޮތުން ސަރުކާރުގެ މަޤާމަކަށް ޖޭޕީ ސްލޮޓެއްގައި ވަޑައިގެންނެވުމަށްފަހު ޕާޓީން ކެނޑުނު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުޙައްމަދު ސަލީމަށް ނިޝާމާ ވަނީ ރަނގަޅު ނަސޭހަތެއް ދެއްވާފައެވެ.
ޖުމްހޫރީ ޕާޓީއަށް ފާޑުވިދާޅުވެ އައިމިނަތު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ނިޝާމާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ލިބިވަޑައިގެންނެވި ސިޔާސީ ސްލޮޓް ދޫކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީއާއި ޤާސިމް އިބްރާހިމަށް ފާޑު ވިދާޅުވުން ރަނގަޅުވާނެކަމަށެވެ.
"މިއަދު ޤާސިމް އިބްރާޙީމަށް ރައްދު ދެއްވަން، ކަމަނާއަށް ޖުމްހޫރީ ޕާޓީއިން ލިބިވަޑައިގެންނެވި ސިޔާސީ ސްލޮޓް ދޫކުރެއްވުމަށްފަހު ތިޔަހެން ވިދާޅުވިނަމަ ތަންކޮޅެއް ތާހިރުވީސް ނޫންތޯ؟" ނިޝާމާ ވިދާޅުވިއެވެ.
ޖޭޕީން ވަކިވެގެން އުޅޭ ބައެއް ބޭފުޅުން ގާސިމް އިބްރާހިމަށް މިއަދު ފާޑު ވިދާޅުވަމުންދާއިރު އެ ބޭފުޅުން ސިޔާސީ މަސައްކަތަށް ނެރެދެއްވައި، ސިޔާސީ ޕްލެޓްފޯމްތަކުން ފުރުސަަތު ހޯއްދަވައިދެއްވީވެސް ގާސިމް އިބްރާހިމްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އާއްމުންނަށް އެއްގޮތަކަށްވެސް ނޭނގޭ ބަޔަކަށްވާއިރު، އެ ބޭފުޅުންނަށް ޖުމްހޫރީ ޕާޓީގެ ތެރެއިން އެފަދަ މަޤާމެއް ލިބިވަޑައިނުގެންނެވިނަމަ ސިޔާސީ ދާއިރާގައިން އެފަދަ ފުރުސަތެއް ނުލިބުނީސް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މިއަދު ޤާސިމް އިބްރާޙީމް @qasimibrahim އަށް ރައްދު ދެއްވަން، ކަމަނާއަށް ޖުމްހޫރީޕާޓީއިން ލިބިވަޑައިގެންނެވި ސިޔާސީ ސްލޮޓް ދޫކުރެއްވުމަށްފަހު ތިޔަހެން ވިދާޅުވިނަމަ ތަންކޮޅެއް ތާހިރުވީސް ނޫންތޯ؟ https://t.co/HBa35T0Fzg
— Nishama Mohamed (@Nishama_Mohamed) June 24, 2023
ޖޭޕީން ވަކިވެގެން އުޅޭ ބައެއް ބޭފުޅުން ގާސިމް އިބްރާހިމަށް މިއަދު ފާޑު ވިދާޅުވަމުންދާއިރު އެ ބޭފުޅުން ސިޔާސީ މަސައްކަތަށް ނެރެދެއްވައި، ސިޔާސީ ޕްލެޓްފޯމްތަކުން ފުރުސަަތު ހޯއްދަވައިދެއްވީވެސް ގާސިމް އިބްރާހިމްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އާއްމުންނަށް އެއްގޮތަކަށްވެސް ނޭނގޭ ބަޔަކަށްވާއިރު، އެ ބޭފުޅުންނަށް ޖުމްހޫރީ ޕާޓީގެ ތެރެއިން އެފަދަ މަޤާމެއް ލިބިވަޑައިނުގެންނެވިނަމަ ސިޔާސީ ދާއިރާގައިން އެފަދަ ފުރުސަތެއް ނުލިބުނީސް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު