ކާށިދޫ ދާއިރާގެ މެންބަރު އަބުދު ﷲ ޖާބިރުގެ ފޯރިއާއި ޖޯޝާއެކު ނުކުތުމުން ގިނަ ބަޔެއްގެ ސަޕޯޓް އެމްޑީޕީއަށް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެެ.
ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޒުވާނުން ޖާބިރު ދެކެނީ އެމީހުންގެ ލީޑަރުގެ ގޮތުގައި ކަމަށާއި، އޭނާ އާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޖާބިރު އެމްޑީޕީއާ ގުޅުމަކީ އެމްޑީޕީއަށާއި އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމަކާއި ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖާބިރުގެ ފޯރީގައި ނިކުތުމުން ވަރަށް ގިނަ ބައެއްގެ ތާއީދު އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.
"އަޅުގަނޑަށް ކެރޭ މިއަދު ވެސް ދަންނަވަން ޖާބިރުގެ އެ ފޯރީގައި، އެ ޖޯޝާ އެކުގައި ނުކުމެ ވަޑައިގަތީމާ ވަރަށް ގިނަ ބައެއްގެ ސަޕޯޓު ލިބިގެންދާނެކަން،" ޖާބިރާއެކު ވަރަށް ގިނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ރައީސް ސާލިޙު ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު