ގާނޫނު އަސާސީގެ އިމުން ބޭރުވެވަޑައިނުގަންނަވާނެ ކަމަށާއި މަސައްކަތް ކުރަށްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމަށް މިއަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމަނިކުފާނު ހުންނަވަނީ ގާނޫނު އަަސާސީގެ އިމުގެ ތެރޭގައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދެމި ހުންނަވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕާޓީގެ މީހެއް ކަމަށް ވިޔަސް، އަދި އާއިލާގެ މީހެއް ކަމަށް ވިޔަސް، ގާނޫނު އަސާސީން ބޭރަށް އެމަނިކުފާނަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.
"އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި، ގާނޫނުން ބޭރަކަށް ނުދާނަން، އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިއަަސް އެއީ އެބޭފުޅެއްގެ ކަމެއް. އަޅުގަނޑެއް ހަމަގައިމު ވެސް ގާނޫނު އަސާސީން ބޭރަކަށް ނުދާނަން،" އެމަނިކުފާނު ގާނޫނު އަސާސީގެ އިމުން ބޭރުވެފައިވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ މިނިވަން މުވައްސަސާ ތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އެގޮތުން އެފަދަ އަމަލެއް އެމަނިކުފާނު ނުކުރަށްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިހާތަނަށް ވެސް ކުރި ކަމެއް ނޫން. އަދި ވެސް ނުކުރާނަން. އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި." ރައީސް ވިދާޅުވިއެވެ.
ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިމިފައިވާ މައްސަލައެއް ހުއްޓުވުމުގެ ބާރު ރައީސަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ނޯންނާނެ ކަމަށެވެ. އަދި އެވަރުގެ ޖަރީމާ ހިންގުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ސަރުކާރުން އަމަލު ކުރާ ގޮތުގެ އެތައް ވާހަކައެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ޖެހިފައިވާ ކަމަށެވެ. މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު