ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު، މުރައިދޫގެއިން ނިކުމެވަޑައިގަތުމުގެ މަސައްކަތް އެމަޖިލިހުގެ މިދައުރުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފިއެވެ.
ހުސްވި ހަފުތާގައި ރައީސް ނަޝީދު ވަނީ އަންނަ ހޯމަ ދުވަހު މުރައިދޫގެއިން އެމަނިކުފާނު ނިކުމެވަޑައިގަންނަވާނެކަން އިޢުލާން ކުރަށްވާފައެވެ.
މަޖިލީހުގެ ސެކްރެޓޭރިއަޓަށް ރައީސް ނަޝީދުގެ އޮފީހުން ފޮނުވާފައިވާ ސިޓީއެއްގައި ވަނީ މ.މުރައިދޫ ގެއިން ރައީސް ނަޝީދު އަންނަ ހޯމަދުވަހު ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބަދަލުވެވަޑައިގަންނަވަނީ "ގ. ބޭރުވެލި" އަށް ކަމަށް އެސީޓީގައިވެއެވެ.
ރައީސް ނަޝީދުގެ އާއިލީ ބޭފުޅަކު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މުރައިދޫގެއިން އެހެން ގެޔަކަށް ބަދަލުވެވަޑައިގަތުމަށް ކުރަންޖެހޭ މަސައްކަތުގައި ރައީސް ނަޝީދު އުޅުއްވާ ފޮޓޯތައް އާއްމުކުރައްވާފައެވެ. ނަމަވެސް އެ ޓްވީޓްގައި އޮތީ ރައީސް ނަޝީދު ކެނެރީގެއަށް ބަދަލުވެވަޑައިގަންނަވާ ވާހަކައެވެ.
މުރައިދޫގެއިން ނިކުމެވަޑައިގެން، ރައީސް ނަޝީދު ވަޑައިގަންނަވާނީ ކޮން ގެކޮޅަކަށްކަމެއް ސާފެއް ނުވެއެވެ. އެއީ ރައީސް ނަޝީދުގެ އޮފީހުގެ ޗީފް އެގްޒެކެޓިވް އަހުމަދު މައުސޫމް ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި އެމަނިކުފާނު ބަދަލުވެވަޑައިގަންނަވާނީ ބޭރުވެލިގެއަށްކަމަށް ވިދާޅުވެފައި އޮތުމުންނެވެ.
"މަޖިލީސް ރައީސް ހުންނަވާ ރަސްމީ ގެއިން ގ. ބޭރުވެލިއަށް 26 ޖޫން 2023 ގައި ބަދަލުވެވަޑައިގަންނަވާނެކަމަށް ދަންނަވަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި." ސިޓީގައިވެއެވެ.
މަޖިލީހުގެ އިދާރާގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކިކުރަން ހުށަހަޅާފައިވާތީީ އެ މައްސަލައިގެ ނޯޓިސް ހަމަވާ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެއިން ނިކުންނަވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ މާލޭގައި އުޅޭނެ ގޮތެއްނެތް މީހެއް ނޫން ކަމަށާއި ކެނެރީގެއަށް ބަދަލުވާން ބޭނުންވާކަމަށް އެދުވަހު ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނޯޓިހަށް 14 ދުވަސް ހަމަވުމުން މުރައިދޫގެއިން ނިކުންނާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން 54 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އެމަނިކުފާނަށް ދިނީ ޖޫން 12 ވަނަ ދުވަހުއެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވާނީ ޖޫން 25 ގައެވެ. އެމަނިކުފާނު މުރައިދޫ ގެއިން ނިކުމެވަޑައިގަންނަވަނީ އޭގެ އަނެއް ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު