2013 ވަނަ އަހަރު ޕީޕީއެމަށްވެސް ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީން ކުރި މަސައްކަތުންކަމަށާއި، މިއީ ޕީޕީއެމް-ޕީއެންސީން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމަށް ވޯޓްދޭންވީ ފަހަރުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ޖޭޕީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ޕީޕީއެމަކީ ކިތަންމެ ބޮޑު ޕާޓީއަކަށްވިޔަސް، އެ ޕާޓީއަށްވެސް 2013 ވަނަ އަހަރު ވެރިކަން ލިބުނީ ޖޭޕީން ކުރި މަސައްކަތުންކަމަށާއި އެހެން ނޫނީ ވެރިކަން ނުލިބުނީސްކަމަށެވެ.
ގާސިމް ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ޕީޕީއެމް-ޕީއެންސީއާއެކު ކޯލިޝަން ހަދަން ދައުވަތުދެއްވިކަމަށާއި، ނަމަވެސް އެ ޕާޓީން އެކަން ޤަބޫލުކުރަން ދެކޮޅު ހަދާފައިވާކަމަށެވެ.
"ޕީޕީއެމް ޕީއެންސީން ބުނެފައި އެބައޮތް ގުޅެންޖެހޭ ބަޔަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް. އަޅުގަނޑުމެން އޮންނާނެ ދައުވަތު ފޮނުވާފައި ކޯލިޝަން ހަދަން. އޭރު ވިދާޅުވީ ތިމަންނާމެން ބޭނުމެއް ނެތޭ. އަދުގެ ހާލަތު ބަދަލުވެދާނެ، އެކަން ގަބޫލުކުރަން. އަޅުގަނޑަކަށް ނޭނގޭ ކޮން ބޭފުޅަކަށް އެއްލާ ހަދިޔާއެއްކަމެއް އެއީ. އަޅުގަނޑަށް ނޫންކަމަށް ވެދާނެ." ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމް ޕީއެންސީއަށްވެސް ވެރިކަން ލިބުނީ ޖޭޕީން ކުރި މަސައްކަތުންކަމަށާއި އެހެން ނޫނީ ވެރިކަމެއް ނުލިބޭނެކަމަށެވެ. އަދި މިފަހަރު މިއީ ޕީޕީއެމް ޕީއެންސީން ޖޭޕީއަށް ފުރުސަތު ދޭންވީ ފަހަރުކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"އެންމެ ވާހަކައެއް ދަންނަވާލަން އޮތީ ތިބޭފުޅުންނަށްވެސް ވެރިކަމަށް ވަޑައިގެންނެވުނީ ޖޭޕީން ކުރި މަސައްކަތުން. އެެހެން ނޫނީ ވެރިކަމެއް ނުލިބޭނެ. މިފަހަރު މިއީ ތިބޭފުޅުން އަޅުގަނޑުމެންނަށް އެ ފުރުސަތު ދޭންވީ ފަހަރު. ޕީޕީއެމްއާއި ޕީއެންސީގެ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓް ދިނުން ކިހިނެތްތޯ ވާނީ. ކޮބާތޯ މައްސަލައަކީ." ޤާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީން ވަނީ އެކި ޕާޓީތަކާއެކު މަޝްވަރާކޮށްފައެވެ. އޭގެތެރޭގައި އެމްއާރުއެމްއާއި ރައީސް ނަޝީދުވެސް ހިމެނެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ކޯލިޝަން ހަދަން އެއްްބަސްވެފައެއް ނެތެވެ. ނަމަވެސް ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު