ވިލާ ޓްރޭޑިން އަދި ވިލާ ހަކަތަ ގުޅިގެން "މަވެސް ބަލަން"ގެ ނަމުގައި ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ފަށާ ކެމްޕޭން މާދަމާ ފަށަން ނިންމައިފިއެވެ.

ކެމްޕޭން ކުރިއަށްދާ މުއްދަތުގައި ވިލާގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ގަތަރުގައި ފަށާ ވޯލްޑްކަޕާ ގުޅުވައިގެން މާދަމާއިން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.


ވިލާއިން މައުލޫމާތު ދިންގޮތުގައި ވިލާ މާޓުންނާއި ވިލާ ހަކަތައިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ކެމްޕޭންގެ ދަށުން ދޫކުރާ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

ލަކީ ޑްރޯއިން އެއްވަނައަށް ހޮވޭ ކަސްޓަރަމަރަކަށް އެންމެފަހުގެ އައިފޯން 14 ޕްރޯ މެކްސްއެއް ލިބޭއިރު ދެވަނައަށް ހޮވޭ މީހަކަށް އިތުރު މީހަކާ އެކު ރިސޯޓު ދަތުރެއް އަދި ތިން ވަނައަށް ހޮވޭ މީހަކަށް ވިލާގެ ޑިސްކައުންޓު ވައުޗަރެއް ވެސް ލިބޭނެކަމަށް ވިލާއިން މައުލޫމާތު ދެއެވެ.

ވިލާ ހަކަތަ އާއި ވިލާ މާޓުން ގެންދަނީ ވޯލްޑް ކަޕާ ދިމާކޮށް ސޯޝަލް މީޑިއާގައި ފޮޓޯ ޗެލެންޖެއް ވެސް ފަށާފައެވެ. މި ޗެލެންޖުން ވަނަތައް ހޯދާ ފަރާތްތަކަށް ގިފްޓު ހެމްޕަރު ދިނުމަށް ހަމަޖެހިފައިވެއެވެ.

ކެމްޕޭން ކުރިއަށްދާ ދުވަސްވަރު ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކްލެޓުންނާއި ގާޑެންސް ބްރޭންޑުގެ ޖޭމުން ޑިސްކައުންޓް ވެސް ލިބޭނެ ކަމަށާއި ވިލާ ހަކަތަ އަދި ވިލާ މާޓުން ވިޔަފާރިކުރާ ފަރާތްތަކަށް ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯޝީޓެއް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާކަމަށް ވިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު


0

ދަވާލާ

25-Nov-2022

ފަގީރުކޮއި ގާސިމް ބަނޑަށް ޖެހިދާނެ މީހަކަށް އެއްޗެއް ދީފިއްޔާ ކޮބާ މީޑިއާނެޓްގެ ލޭ ބޯ ގާސިމް