އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްޕުޅާއެެކު އދގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެއްޖެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގެ ދައުރު ޝާހިދު ފުރިހަމަ ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝާހިދުގެ އުއްމީދުގެ ރިޔާސަތާއެކު ދޭދޭ ގައުމުތަކުގެ ގުޅުން ވަރުގަދަކުރުމަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާކަމަށެވެ. އަދި ޝާހިދުގެ މަސައްކަތްޕުޅުން އދ އާއި އާއްމު މުޖްތަމައުތަކުގެ ގުޅުން ވަރުގަދަވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޓްވީޓްގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޝާހިދުގެ މަސައްކަތްޕުޅަށް ޝުކުރު އަދާކުރަށްވާފައެވެ.



އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެއީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

މިއީ 1946 ވަނަ އަހަރުން ފެށިގެން އދ.ގެ ރިޔާސަތު ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ގަވައިދުން ބާއްވާ އިންތިހާބެކެވެ. 2021 ސެޕްޓެންބަރު 14 ގައި ފެށި ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުވެސްމެއެވެ. މި ތާރީޚާއެކު ރާއްޖެ ހިމެނިފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދ.ގެ ރިޔާސަތު ބެލެހެއްޓި 6 ވަނަ ޤައުމަށެވެ.



ކިޔުންތެރިންގެ ހިޔާލު