ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައިގަނޑު ސިޔާސަތަކީ ސަރުކާރުން ދޭ އެއްވެސް ހިދުމަތެއް ހޯދުން، ރައްޔިތު މީހާއަށް ތަކުލީފަކަށް ނުވުން ކަމަށްވާއިރު، އެ ސިޔާސަތު ޓްރާންސްޕޯޓު މިނިސްޓްރީންވެސް ތަންފީޒު ކުރަމުން ގެންދާކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
"ރަސްއޮންލައިން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ކުރީ ސަރުކާރާއި އަޅާ ބަލާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި ހިދުމަތް ނުދެވޭހާ އަވަސް ސްޕީޑްގައި ރައްޔިތުންނާ ކައިރިން ހިދުމަތް ދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅި ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، އެ މިނިސްޓްރީގެ ހިދުމަތްތައް އަވަސް ކުރުމަށްޓަކައި ޕޯޓަލްއެއް ތައްޔާރު ކުރެވި، ކުރިން 100 އެއްހާ އެޕްލިކޭޝަން ނިންމާލެވެންޏާ މިހާރު ގާތްގަނޑަކަށް އެވަރެޖުކޮށް ދުވާލަކު 700 އެއްހާ އެޕްލިކޭޝަން ނިމިގެންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކޮންމެތާކު ހުރެގެންވެސް މިހާރު ލައިސަންސަށް އެދެވޭނެކަން ސައުދު ފާހަގަ ކުރެއްވިއެވެ.
"ލައިސަންސް ހޯދުމަކީ މާބޮޑު ތަކުލީފަކަށް ވެއްޖެނަމަ އެއީ ކުށުގެ ވެއްޓަށް މީހުން އިތުރުވެގެން ދާނެ ސަބަބަކަށް ވާނެ. އަޅުގަނޑުމެން މަސައްކަތް ކުރާނީ މިކަން އިތުރަށް ފަސޭހަކޮށް ލުއި ގޮތަކަށް ލައިސަންސް ލިބޭނެ މަގު ތަނަސް ކުރުމަށް." އިންޓަވިއުގައި ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ރާއްޖޭގެ 16 އަތޮޅެއްގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ހިދުމަތް މިހާރުވެސް ދެވޭ ކަމަށާ، ކޮންމެ ރަށު ކައުންސިލަކުން ވެސް އެ ރަށަކުން އެ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާނަމަ ޓްރާންސްޕޯޓަށް އެކަން އެންގުމުން އެ ހިދުމަތް ދެވޭނެގޮތް ހަމަޖެހިގެން ދާނެކަމަށެވެ.
"ރައީސް ޞާލިޙްގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ސަރުކާރުން ދޭ އެއްވެސް ހިދުމަތެއް ރައްޔިތު މީހާއަށް ތަކުލީފަކަށް ނުވެ، ވީހާވެސް ފަސޭހައިން ހަމަޖެހިގެން ދިޔުން. މި ވުޒާރާގެ ވެސް އަމާޒަކީ ރައީސް ޞާލިޙްގެ މި ސިޔާސަތު ތަންފީޒު ކުރުން. އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ސައުދު ވިދާޅުވިއެވެ.
ސައުދުގެ ވާހަކައިގައި، ލައިސަންސްގެ ހިދުމަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން، ލައިސަންސްގެ ހިދުމަތް ޑިޖިޓަލައިޒް ވެގެންދާއިރު އެ ހިދުމަތަކީ ބައިނަލްއަގުވާމީ ހިދުމަތަކަށް ވެގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި މިހާރުވެސް ބޭނުންކުރާ ލައިސަންސަކީ ބޭރުގެ ގިނަ ގައުމުތަކުން ބަލައިގަންނަ އިންޓަނޭޝަނަލް ލައިސަންސަކަށް ހެދިފައިވާ ކަމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ފަރާތްތުން ނަގާފައިވާ އެއްގަމު ލައިންސަންސް، ރާއްޖެއައިސް ރާއްޖޭގެ އެއްގަމު އުޅަނދުފަހަރުގެ ލައިސަންސަކަށް ބަދަލު ކޮށްލުމުގެ ހިދުމަތް ލިބިގެން ދާނެކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު