އދ. ގެ ރިޔާސަތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށް އދ. 76 ވަނަ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އެއް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާ، 77 ވަނަ އާންމު މަޖިލީހަށް އިންތިހާބުވި ރައީސާ މަގާމު ހަވާލު ކުރެއްވުމަށްފަހު ރާއްޖެ ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، 1965 ވަނަ އަހަރު ދިވެހީންނަށް މިނިވަންކަން ލިބުމާއެކު އޭރު ރާއްޖޭގެ ވެރީންނަށް ތިއްބެވި ބޭފުޅުން ނިންމެވި އެންމެ ފުރަތަމަ ހާރިޖީ ސިޔާސަތުގެ ނިންމެވުމަކީ އދ. އާއި ގުޅުން ކަމަށެވެ.
އަދި އޭގެ ބޭނުމަކީ ރާއްޖެފަދަ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް ބަދަހި ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަދި ފުރަތަމަ އދ. ގެ މެންބަރަކަށް ވާން މަސައްކަތް ކުރި ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ކުރެވުނު ބަހުސްގައި މެންބަރަކު ސުވާލު އުފެއްދެވި، ދިވެހިރާއްޖެފަދަ ކުދި ގައުމުތަކަށް އދ. ގެ މަޖިލީހުގެ ޗާޓަރުގައި ހުރި މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާ ކުރުމުގެ ގާބިލުކަން އެބަހުރިތޯ. 57 އަހަރުފަހުން އަޅުގަނޑުމެންނަށް މިއަދު ފެނިގެން އެ ދިޔައީ އދ. ގެ 193 ގައުމުގެ ސަފީރުންނާ މަންދޫބުން ތެދުވެވަޑައިގެން ދިވެހި ދައުލަތަށް، ދިވެހިރާއްޖެއަށް، ދިވެހި ގައުމީ ދިދަ އަށް އިހުތިރާމު ކުރެއްވި މަންޒަރު. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ހާސިލުވެގެން ދިޔަ ވަރަށް ބޮޑު ފަހުރެއް ވަރަށް ބޮޑު ކާމިޔާބީއެއް، ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިރޭ ވިދާޅުވީ، އެމަނިކުފާނު އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވި ދުވަސްވަރަކީ، ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅު ކަމަށާއި، ތިމާވެއްޓަށް ވެސް ނާޒުކު މައްސަލަތަކެއް ދިމާވެފައިވާ ވަގުތެއްގައިކަމަށާއި، އަދި ޔޫކްރޭންގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ކާބޯތަކެއްޗާއި ތެލާއި ހަކަތައިގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދިޔަ ދަނޑިވަޅެއް ކަމަށެވެ.
ނަމަވެސް، އެ ދަތި ދުވަސްވަރުވެސް އދ. ގެ 193 ގައުމު އެއްބަސް ކުރުވައި އެއް އަމާޒަކަށް ގެންދިޔުމަށް ކުރެވުނު މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިއީ ތާރީހުގައިވެސް ދިވެއްސަކަށް އދގެ މިފަދަ ޝަރަފްވެރި މަގާމެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގެންނެވުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވެސް ފާހަގަ ކުރައްވާފައިވަނީ އެއީ، ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު