މި ސަރުކާރު ދިފާއު ކުރުމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު އެ ސިޓީގެ ރައްޔިތުންނަށް އޮޅުވާލަމުން ދާކަމަށް ވިދާޅުވެ މޭޔަރު ނިޒާރު މަގާމުން އިސްތިއުފާ ދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ގޮވާލައްވައިފި އެއެވެ.
ޝަރީފް މިރޭ ވިދާޅުވީ، މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް މިންވަރެއް ހާސިލު ކޮށްދެވިފައި ނުވާކަމަށެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ޝަރީފް ފާހަގަ ކުރެއްވީ، ޝަންގިރިއްލާ ރިސޯޓް ނުހުޅުވި އޮތް މައްސަލައެވެ. އެގޮތުން އެތަން ނުހުޅުވި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން އެކަން ނިންމައިނުދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގެ އެގްޒިމް ބެންކުން ނެގި 200 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދަމުންދާ މަގުތަކާބެހޭ އެއްވެސް މައުލޫމާތެއް މޭޔަރަށް ނޭނގޭ ކަމަށާއި، އަދިވެސް އައްޑޫ ސީޓީގެ ލޭންޑްޔޫސް ޕްލޭން ނުހެދޭކަން ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.
އަދި ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ގެންދަވާތީ، މޭޔަރު ނިޒާރު މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
މިއަދު ނިންމާލި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނިޒާރުވަނީ، ސަރުކާރުން އައްޑޫ ސިޓީއަށް ގެނެސްދެއްވާ ތަރައްގީއަށް ޝުކުރު އަދާކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެގޮތުން އައްޑޫގައި ތަރައްގީ ކުރާ ޓޫރިސްޓް އެނދުތައް ތަރައްގީ ކުރަން 6ސަރުކާރުން އެކަން މަގުފަހިކޮށްދޭން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، ވެރިކަން ލިބިއްޖެނަމަ ޓްއަރިޒަމަށް އައްޑޫ ސިޓީގައި އިތުރު 8000 އެނދު ތަރައްގީ ކުރާނެ ކަމަށް ރައީސް ޞާލިޙް ވެފައިވާ ވައުދު މިހާރު ފުއްދަވައިފި ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.
ނިޒާރު މިފަދައިން ވިދާޅުވުމާ ގުޅިގެން ގިނަބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު