މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ "ފޭކް" ބޭހެއް ރާއްޖޭގެ ބާޒާރުގައި ދައުރުވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން މިއަދު ނެރުނު އެލަރޓްގައި ބުނީ ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސް ނުވަތަ މޫނުމަތީގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޑީސްޕޯޓް" ގެ ފޭކު ބޭސްތަކެއްގެ ބެޗުތަކެއް ޔޫރަޕާއި އިރުމަތީ މެޑިޓޭރިއަންގެ ފަސް ގައުމެއްގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އަހަރު އުރުދުން އާއި ތުރުކީ އާއި ކުވެއިތާއި އިނގިރޭސި ވިލާތް އަދި ޕޮލެންޑުން އެ ބޭސްތަކުގެ ބެޗުތައް ފެނިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.
އެއީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި، ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން އިމްޕޯޓްކުރާ ބޭހެއް ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ ބޭސް ޕްރީ-އޮތޮޒައިރޭޝަންގެ ދަށުން ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށާއި އަދި އެ ބޭސް ބޭނުންކޮށްގެން ދޭ ބައެއް ހިދުމަތްތަކަކީ ކޮސްމެޓިކްސް ހިދުމަތްތަކަށް ވާތީވެ، ރާއްޖެއިން ބޭރުން ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ނަމަ، އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
މި ބޭހާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން އެ އިދާރާގެ ނަންބަރު 7200321 އާއި ގުޅާ ހިއްސާ ކުރަން ވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު