ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ނިމުމާއެކު ސަރުކާރުން އެމީހުންނަށް ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ކުރިޔަށްދިޔަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުކުރުމަށްޓަކައި، ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާކަމަށެވެ. އަދި އެ މަސައްކަތް ނިމުމާއެކީގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އެލަވަންސް ބޮޑުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އިނާޔަތްތައް ހަމަޖެއްސުމަކީ ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށާ، މިނިޒާމުވެސް އިތުރަށް ހަރުދަނާ ކުރެވެން އޮތީ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަމަށެވެ.

އެހެންކަމުން އިޖުތިމާއީ ރައްކާތެރިކަން ގާއިމު ކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު