ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ގިނަވާ މައްސަލަ ހައްލުކުރަން އެކުލަވާލި ބިލުތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.
މި ބިލުތަކަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ދެ ބިލެކެވެ.
މި ބިލުތައް ހުށަހަޅާފައިވަނީ ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބުރަވާތީ އެކަން ހައްލުކުރުމުގެ މަގުސަދު ހާސިލްކުރުމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބަދަލު ގެނައުމުގެ ބިލުގައިވާ ގޮތުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު އެއް ފަހަރުއެވެ. އެގޮތުން ބާއްވާ ދެ ބައި-އިލެކްޝަންގެ ދެމެދުގައި ހޭދަވާ މުއްދަތު 300 ދުވަހަށް ވުރެ މަދު ވެގެން ނުވާނެކަމަށްވެސް ބިލުގައިވެެއެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް ގޮނޑިއެއް ހުސްވެ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ނަމަ އެ ހުސްވި ގޮނޑިއަށް 60 ދުވަހުގެ ތެރޭގައި މެންބަރުން އިންތިހާބު ކުރަން ވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުން މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި އިލެކްޝަން ވަނީ ބާއްވަންޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު