އާސަންދަ ކުންފުންޏާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޓްރެވެލް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤެވެ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދެވެ.

އާސަންދައިން މައުލޫމާތު ދިން ގޮތުގައި، މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން، އާސަންދަ ސްކީމުން ދޭންޖެހޭ ހިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވިލާ އެއަރ ގެ ފަރާތުން އާސަންދަ ކުންފުންޏަށް ލިބިގެންދާނެއެވެ.

އަދި ހާއްސަކޮށް ވިލާ އެއަރގެ ފްލައިޓްތައް ދަތުރުކުރާ އެއަރޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާ، ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށްވެސް، މި އެއްބަސްވުމުގެ ސަބަބުން، އާސަންދަ ސްކީމްގެ ދަށުން އިމަރޖެންސީ އިވެކުއޭޝަން ހިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުނެއެވެ.

އާސަންދަ ކުންފުނިން ދަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު އެއަލައިންތަކާއި އެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު