ރާއްޖޭގައި އުޅުއްވާ ދީނީ އިލްމްވެރިން އިލްމީ ބަހުސްތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެއްޖެއެވެ.
ލ. ގަމުގައި މިހާރު ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން މާރިޔާ މިއަދު ވިދާޅުވީ، ހަރުކަށި ފިކުރާއި ދެކޮޅަށް، ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވާ ކަމަށެވެ.
އަދި އެ ޕްރޮގްރާމް ތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް އިލްމުވެރިންނާ ޕްރޮފެސަރުން ބައިވެރިވާ ކަމަށާއި، ނަމަވެސް އެ ޕްރޮގްރާމްތަކުގައި އެ ފަރާތްތަކާއި އިލްމީ ސުވާލު ކުރެއްވުމަށް ދީނީ އިލްމުވެރިން ވަޑައިނުގަންނަވާ ކަމީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ އެފަދަ ޕްރޮގްރާމްތަކުގައި "ކޮންޓްރޮވާޝަލް" މައްސަލަތަކުގައި އިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތާމެދު ވާހަކަ ދެއްކުމަށް ފުރުސަތު ދެވޭ ކަމަށާ، ނަމަވެސް އެ ޕްރޮގްރާމްތަކުގައި ރާއްޖޭގައި އުޅުއްވާ ދީނީ ފަތުވާ ދެއްވާ ބޭފުޅުން ވަޑައިގެން ސުވާލު ކުރައްވާ ނުހައްދަވާކަމަށެވެ.
"އެކިއެކި ޔުނިވާސިޓީތަކާއި އެކިއެކި އޯގަނައިޒޭޝަންތަކުން ވަޑައިގެން, ސައުދީ، ޔޫއޭއީ މިތަންތަނުން ވަޑައިގަންނަވާއިރު އަޅުގަނޑުމެން ތެރޭ އުޅޭ ދަންނަ ބޭކަލުން މިކަންކަމުގައި ބައިވެރިވުމަށް އަޅުގަނޑުމެން އެދެން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ވެސް ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި، އެހެންކަމުން އެކަންކަމުގައި ރާއްޖޭގެ ދީނީ އިލްމްވެރިން ބައިވެރިވުން މުހިންމު ކަމަށެވެ.
ރާއްޖޭގައި ދީނީ ބައެއް ކަންކަމުގައި އިލްމުވެރިންގެ މެދުގައި ވެސް ބޮޑެތި ހިޔާލުތަފާތުވުންތައް ހުރިއިރު، ދާދިފަހުން ޔޯގާ ހެދުމާ ގުޅޭގޮތުންވެސް އެކި އިލްމުވެރިން އެކިގޮތަށް ވާހަކަ ދައްކައި ހަމަނުޖެހުން ތަކެއްވެސް ވަނީ ހިނގާފައެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިން މިފަދަ ބަހުސްތައް މިހާރު ކުރިއަށް ގެންދަވާތަން ފެންނަނީ މީސް މީޑިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު