ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި 31 ގޭންގެއްގައި 700 މެންބަރުން ހަރަކާތްތެރިވާއިރު އޭގެތެރޭގައި 100 ކުޑަކުދިން އެބަތިބިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަންގައެވެ.
މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިންނެވެ.
"އަމާން މުޖުތަމައު"ގެ ނަމުގައި ފުލުހުން ހުށަހަޅައިދިން ޕްރެޒެންޓޭޝަންގައި ބުނީ ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި ދެކުނުނުގެ ރަށްތަކަށް ނިސްބަތްވާ 1506 މީހުން އެބަތިބި ކަމަށެވެ. މީގެ ތެރެއިން 605 މީހުންނަކީ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނެވެ. އަދި 901 މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންކަމަށް ފުލުހުން ބުނެއެވެ. މި މީހުންގެ ތެރެއިން އިސްކޮށް 700 އެއްހާ މެންބަރުން އުޅޭއިރު، އެ ގޭންގުތަކުގައި 100 ކުޑަކުދިންވެސް ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރާ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން ގޭންގު މާރާމާރިއާ ގުޅިގެން 32 މީހަކު މަރާލާފައިވެއެވެ. އޭގެ ތެރޭގައި ދެކުނަށް ނިސްބަތްވާ 6 މީހުން ހިމެނެއެވެ. އަދި މާރާމަރީތަކާ ގުޅިގެން މީހުން މެރުމުގައި ހިމެނޭ މީހުންގެ ތެރެއިން 185 މީހުންނަކީ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޕްރެޒެންޓޭޝަންގައި ހުރި މައުލޫމާތަށް ބަލާއިރު އަތޮޅު ތެރޭގައި އުޅޭ 1506 ގޭންގު މެމްބަރުންގެ ތެރެއިން 250 މީހުން ނިސްބަތްވަނީ އައްޑޫ ސިޓީގެ އެކި ރަށްތަކަށެވެ. ގޭންގުތަކުގައި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 160 މީހުން އެބަތިއްބެވެ. ހުވަދޫގެ ދެ އަތޮޅުގެ ތެރެއިން ގދ.ގެ 223 މީހުން ތިބިއިރި ގއ. ގެ 112 މީހުން ގޭންގުތަކުގައި އުޅެއެވެ.
ގޭންގު ހަރަކާތް އެންމެ ކުޑައީ ދ.އަތޮޅުގައެވެ. އެ އަތޮޅުގައި ގޭންގު ހަރަކާތްތަކުގައި އުޅޭކަމަށް ރެކޯޑް އޮތީ 15 މީހުންނެވެ.
ފުލުހުން ހާމަކުރިގޮތުގައި ގޭންގުތަކުން ދަނީ ނުފޫޒާއި ބާރުވެރިކަން އިތުރުކުރަމުންނެވެ. އެގޮތުން ސިޔާސީ ފަރާތްތަކާއި ސަރުކާރާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާއިރު، ގޭންގުގެތަކުގެ އިސް މީހުން ބިން ގަނެ، ގެސްޓް ހައުސް އާއި އެހެނިހެން ވިޔަފާރިތައް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު