ރ. އުނގޫފާރުން ގޯތި ދޫކުރުމަށް ތައްޔާރުވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އުނގޫފާރުން އެންމެފަހުން ގޯތި ދޫކުރަން ޢިއުލާންކޮށްފައިވަނީ 2001 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެފަހަރުވެސް ގޯތި ދޫކޮށްފައިނުވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި 2001 ވަނަ އަހަރު ދޫކުރަން ނިންމާފައިވާ 36 ގޯތީގެ ބަދަލުގައި 54 ގޯތި ދިނުމަށް މިހާރު ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ އަލަށް އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭން ފާސްވެގެން އައުމާއެކު ގޯތި ދޫކުރަން ހުޅުވާލާނެކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރަނީ 200 އަށްވުރެ ގިނަ މީހުން މި ހުޅުވާލާ 54 ގޯއްޗަށް ކުރިމަތިލާނެކަމަށް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އާބާދީގެ އިތުރުން ރަށަށްރަށުން ހިޖުރަކޮށްފައިވާ މީހުންނާއެކު 2500 އެއްހާ މީހުން ރ. އުނގޫފާރުގައި ދިރިއުޅެއެވެ. އަދި އެރަށުން ގޯތި ދޫނުކުރާތާ އެތައް އަހަރެއްވެއްޖެއެވެ.
މިމައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫޢު އަންނަ އަހަރު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވާއިރު އެކުންފުނިން ލަފާކުރަނީ އަންނަ އަހަރުގެ މެދެއްހާހިސާބުގައި އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު