އައްޑޫ ސިޓީގައި ގޭންގުތަކުގެ ހަރަކާތްތައް ފުޅާވަމުން ދާކަމަށާއި އެގޮތުން މިހާރުވެސް ޖުމުލަ 13 ގޭންގެއް އެ ސިޓީގައި ހިންގާކަމަށް ފުލުހުން ބުނެފިއެވެ.
ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން މިހާރު ލ. ގަމުގައި ކުރިއަށް ގެންދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުންގެ އިދާރާގެ ފަރާތުން ހުށަހަޅައިދިން ޕްރެޒެންޓޭޝަންގައި، ދެކުނުގެ އަތޮޅުތަކުގައި 32 ގޭންގެއް ހަރަކާތެރިވާއިރު އޭގެ ތެރެއިން 13 ގޭންގު ނިސްބަތް ވަނީ އައްޑުއަށް ކަމަށް ބުނެފައި ވެއެވެ.
އަދި ދެކުނުގެ އަތޮޅުތަކުގައި އެކި ގޭންގުތަކުގައި 605 މީހަކު ހަރަކާތްތެރިވާކަމަށާއި ގޭންގު ކުށްތަކާއި ގުޅިގެން މިހާތަނަށް އެންމެ ގިނައިން ހައްޔަރު ކޮށްފައިވަނީ ވެސް ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގުތަކުގެ ލީޑަރުން އައްޑޫ ސިޓީގައި ވިޔަފާރި ކުރަމުން އަންނަކަން ފާހަގަ ކުރެވޭކަމަށާއި އެގޮތުން ގެސްޓް ހައުސް އާއި އޮޑި ދޯނި ފަހަރު އެ ފަރާތްތަކުން ގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ގިނައީވެސް އައްޑޫ ސިޓީގައި ކަމަށް ފުލުހުން ދެއްކި ޕްރެޒެންޓޭޝަންގައި ބުނެފައިވެއެވެ.
މިހާރު ކުރިއަށް ގެންދާ ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ކޮންފަރެންސްގައި ފުލުހުން ބުނެފައިވަނީ، ކުށްމަދު ގައުމަކަށް ރާއްޖެ ހެދުމަށް އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު