މާލޭ ސިޓީގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށިފަހުން، ބަސް ދަތުރުކުރާ ރޫޓުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މިހާތަނަށް 500 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކަރ ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ސަރުކާރުން މި ހިދުމަތް މާލޭގައި ދޭން ފަށާފައިވަނީ މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތައް ދެނެގަތުމަށް ޓެސްޓް ބުރުތަކެއް ބޭއްވުމަށްފަހުއެވެ. އަދި މަޖީދީމަގުގައި ޕާކު ނުކުރެވޭގޮތަށް ހަދާ ޖާގަ ހުސްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.
ނަމަވެސް ބަހުގެ ހިދުމަތަށް ދަތިވާގޮތަށް އަދިވެސް ބައެއް ފަރާތްތަކުން އުޅަނދުފަހަރު ބަހައްޓައެވެ.
އެގޮތުން މިނީ ބަސް ރޫޓްގައި ޕާކުކުރުން މަނާކުރުމާ ގުޅިގެން އެކަން ތަންފީޒުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ 6 އިން 10 އަށް 30 ސައިކަލަކާއި އެއް ކާރު ޓޯކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ބަސްތަކަށް ދަތުރުކުރުމުގައި ދަތިވާގޮތަށް ޕާކުކޮށްފައިވާ 538 އުޅަނދެއްގައި ވައިލޭޝަން ސްޓިކާ ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަސް ސްޓޮޕްތައް ކައިރީ ވެހިކަލް ޕާކުކުރުމާއި މަޑުކުރުން، އަދި ބަސްތަކަށް ދަތިވާގޮތަށް ހާއްސަކޮށް ކަންކަން މަތީ އުޅަނދުތައް ޕާކުކުރުމާއި، އެކަށީގެންވާ ދުރުމިނެއް ނުބަހައްޓާ ބަސްތައް ކައިރިން ދަތުރުކުރުމާއި، އޯވަޓޭކްކުރަން އުޅުންފަދަ ކަންކަން ނުކުރުމަށް ފުލުހުންވެސް ތަކުރާރުކޮށް ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ޚިދުމަތުގެ ދަށުން މާލޭ ސިޓީގައި މިނީ ބަހުގެ ހިދުމަތްދޭން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ދެ ހަފްތާގައި މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ މުޅިން ހިލޭއެވެ. އެއަށްފަހު ދަތުރަކަށް 7 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ސްކޫލް ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ހިދުމަތް ހިލޭ ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު