ހިޔާ ފްލެޓެއްގެ ތެރެއިން މަގުމައްޗަށް އުކާލި އެއްޗެހިތަކަކުން ޖެހި މަގުމަތީގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ހިޔާ ފްލެޓެއްގެ ތެރެއިން މަގުމައްޗަށް އުކާލި އެއްޗެހިތަކަކުން ޖެހި މަގުމަތީގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަކަށް ގެެއްލުން ލިބުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހާދިސާ ހިނގި ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ހިޔާގެ ހަތަރު ވަނަ ފްލެޓްގެ 17 ވަނަ ފްލޯއިން މަގުމައްޗަށް އެއްޗެހިތަކެއް އުކާލާ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ 17 ވަނަ ފްލޯގެ ބެލްކަނީގައި ހުރި އަންހެނަކު އެތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު މަގުމައްޗަށް އުކާލާތަނެެވެ. އޭނާ އުކި ތަކެތީގެ ތެރޭގައި ގަސް އިންދާފައި ހުރި ޕޮޓްތަކެއް ވެސް ހިމެނެއެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުން އޭނާ އުކާލި ތަކެތިން ޖެހި ތިން ވެހިކަލަކަށް ވަނީ ގެއްލުންވެފައެެވެ. އެގޮތުން އެއް ކާރުގެ ވިންޑް ސްކްރީން އެއްކޮށް ތަޅައިގެން ގޮސް ޖެހިގެން އޮތް ޕިކަޕުގެ ވިންޑް ސްކްރީންގެ ބަޔެއް ތަޅައިގެން ގޮސްފައިވާއިރު އިތުރު ޕިކަޕަކަށް ވެސް ގެއްލުން ލިބިފައިވާ ތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު