އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ވަދާއީ ތަގުރީރު މާދަމާ ދެއްވުމަށް ނިންމަވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެމަނިކުފާނު އެމަގާމަށް އިންތިޚާބުވެވަޑައިގަތީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު ތާއިދާއެކުއެވެ.

އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.

މި ތާރީޚީ އަދި ފަޚުރުވެރި ރިޔާސަތުގައި ޚާޒިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ވަދާއީ ތަގުރީރު މާދަމާ އދގެ އާންމު މަޖިލީހުގައި ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ވޭތުވެ އަހަރެއްގެތެރޭގައި އދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ގިނަ ޤައުމުތަކަށް ދަތުރުފުޅުކުރައްވާ ޤައުމުތަކުގެ ޙާލަތު ގާތުން ޝާހިދު ވަނީ ބައްލަވާލައްވާފައެވެ.



އދގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ބިނާކުރައްވައިފައި ވަނީ 5 ތަނބެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިންތީގެ ހަމަހަމަކަން ޤާއިމުކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި، ޒުވާނުން ބާރުވެރި ކުރުވުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ދާއިރާ އާ އުސްމިންތަކަށް ގެންދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު