ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި ހެކި އުފައްދަން މަސައްކަތް ކުރާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ތުހުމަތު ކުރަށްވައިފިއެވެ.
ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ރައީސް ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.
ރައީސް ޔާމިން ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގައި ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ވަނީ އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ޑޮލަރު ގަތުމަށް ފަހު އެއަށްވާ ފައިސާ ޔޫސުފް ނައީމާއި ހަވާލު ކުރި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައެވެ.
އެކަމާ ގުޅިގެން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ ޑޮލަރު ވިއްކުމުގެ ސައްހަ މުއާމަލާތެއް ކަމަށް ބުނާއިރު މި މައްސަލައިގެ ތުހުމަތުކުރެވޭ ހުރިހާ ފަރާތްތައް ތަހުގީގު މަރުހަލާގައި ހަނުތިބީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
"ހެކި އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ޝައްކު ކުރުމުގެ ޖާގަ އެބައޮތް." ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބުދު ﷲ ރިޔާޒު ވިދާޅުވި އެވެ.
މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަސް ވަނީ ނަގާފަައެެވެ. މި މައްސަލާގައި ދެން ވެސް އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުން ކަމަށް ޝަރީއަތުން ވަނީ އިއުލާންކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު